ރޯދަ އާއި ސުވާލު: ގެއްލުނު ރޯދަ ނުހިފިހުއްޓާ އަނެއް ރޯދަމަސް ފެށިއްޖެނަމަ ކަންތައް ކުރާނީ ކިހިނެތް؟

ރޯދަ އާއި ސުވާލު: ގެއްލުނު ރޯދަ ނުހިފިހުއްޓާ އަނެއް ރޯދަމަސް ފެށިއްޖެނަމަ ކަންތައް ކުރާނީ ކިހިނެތް؟

Author
ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފް
07 އޭޕްރިލް 2024 10:19
0

ރޯދަމަސް އައިއިރު، ކުރިން ރޯދަމަހުގެ ގެއްލުނު ރޯދަ ނުހިފިހުރުމުން (ބަލިވެއިނދެ ރޯދަ ހިފުން މަނާވުމުން) އެރޯދަ ހިފާނީ ކިހިނެތްތޯ؟ ނުވަތަ ކަންތައް ކުރާނެގޮތަކީ ކޮބާ؟

الحمدللهوالصلاةوالسلامعلىرسولاللهوعلىآلهوصحبه، أمابعـد:

ރަމަޟާން މަހު ގެއްލޭ ރޯދަ އަނެއް ރަމަޟާން މަސް އައުމުގެ ކުރިން ހިފާ ނިންމަން ޖެހޭނެއެވެ. އަނެއް ރަމަޟާން މަސް އައި އިރުވެސް ނުހިފިވަނީ ބައްޔެއްގެ ސަބަބުން ކަމަށްވަނީނަމަ އެކަމުގައި ދެޙާލަތެއްވެއެވެ. އެއީ:

އޭނާގެ ބައްޔަކީ ފަސޭހަވާނެ ކަމުގެ އުއްމީދެއް ނެތް ބައްޔެއް ކަމަށް ވަނީނަމަ ގެއްލުނު ކޮންމެ ރޯދަ އަކަށް މިސްކީނަކަށް ކާންދޭނީއެވެ. އޭނާގެ ބައްޔަކީ ފަސޭހަވުމުގެ އުއްމީދު އޮތް ބައްޔެއް ނަމަ ބަލި ރަގަޅުވީ ދުވަހަކުން ހިފާނީއެވެ. والله أعلم

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.