މޮޑާނާއިން އުފެއްދި ވެކްސިންގެ އެމަޖެންސީ ހުއްދަ މިހާރުވަނީ ދޫކުރުމުގެ މަގުމަތީގައި

ކޯވިޑް19ގެ ދެވަނަ ވެކްސިނެއް ބޭނުންކުރުމުގެ ހުއްދަ އެމެރިކާގައި ދީފި

ކޯވިޑް19ގެ ދެވަނަ ވެކްސިނެއް ބޭނުންކުރުމުގެ ހުއްދަ އެމެރިކާގައި ދީފި

އެމެރިކާގެ މޮޑާނާ ކުންފުނިން އުފެއްދި ކޯވިޑް19 ވެކްސިން އެގައުމުގައި އާންމުކޮށް ބޭނުން ކުރުމުގެ އެމަޖެންސީ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފިއެވެ.

މޮޑާނާގެ ކޯވިޑް19 ވެކްސިން އެމަޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ އެފްޑީއޭއިން ދޫކޮށްފައި މިވަނީ، ފައިޒާ-ބައޯއެންޓެކްގެ ކޯވިޑް19 ވެކްސިން އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ މީގެ ހަފްތާއެއް ކުރިން ދީ، އަދި އެވެކްސިން މިހާރު އެމެރިކާގައި އާންމުކޮށް ބޭނުންކުރަން ފަށާފައި ވަނިކޮށެވެ.

އެމެރިކާ ސަރުކާރުން ވަނީ، މޮޑާނާ ކުންފުނިން އުފެއްދި ވެކްސިންގެ 200 މިލިއަން ޑޯޒު ގަތުމަށް ނިންމާފައެވެ. އަދި މިވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދޫކުރެވުމާއެކު، ވެކްސިންގެ 6 މިލިއަން ޑޯޒު ސަޕްލައިކުރުމަށް ވަނީ ތައްޔާރު ކުރެވިއެވެ.

އެމެރިކާއަކީ، މުޅި ދުނިޔޭގައިވެސް ކޯވިޑް19ގެ ހާލަތު އެންމެ ގޯސް ގައުމެވެ. އެގައުމުގައި މިހާތަނަށް 350،000 މީހުން މިބަލީގައި މަރުވެފައިވާއިރު، 17 މިލިއަނަށްވުރެ ގިނަ މީހުންވަނީ ކޯވިޑް19އަށް ޕޮޒިޓިވް ވެފައެވެ.

"ކުރިޔަށް އޮތް ޖެނުއަރީ މަހުގެ ތެރޭ އަންނަން ހުރި ކޯވިޑް19 އާއި ގުޅުންހުރި ގޮންޖެހުންތަކަށް ބަލާއިރު، މިހިގާ ޖެނުއަރީ މަހުގައި ދެވެކްސިނެއް އާންމުކޮށް ބޭނުން ކުރުމުގެ ހުއްދަ ލިބިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް،" ޓެނެއްސީގެ މެހެރީ މެޑިކަލް ކޮލެޖްގެ ސީއީއީ ޑރ. ޖޭމްސް ހިލްޑާތް ވިދާޅު ވިއެވެ.

އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ، މޮޑާނާއިން އީޖާދު ކޮށްފައިވާ ކޯވިޑް19 ވެކްސިން %94 ކާމިޔާބު ކަމަށް، އެމެރިކާގެ ކަމާބެހޭ މުވައްސަސާތަކުން މީގެ ކުރިން ވަނީ ހާމަ ކޮށްފައެވެ.

މިވެކްސިންއަކީ، ކޯވިޑް19 އާއި ދެކޮޅަށް ބޭނުންކުރުމުގެ ގާބިލްކަން ލިބިފައިވާ ވެކްސިނެއް ކަމުގައި، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (FDA) އިން ވޭތުވެދިޔަ ހަފްތާގައި ބުނުމާއެކު، އެމެރިކާގައި ކޯވިޑް19 އާއި ދެކޮޅަށް ބޭނުންކުރާނެ ދެވަނަ ވެކްސިންކަމުގައި މޮޑާނާ ވެކްސިން ވެގެންދާނެކަމުގެ ޔަގީންކަން ކުރިން ވަނީ ލިބިގެން ގޮސްފައެވެ.

ފައިޒާ ވެކްސިންއާ ޚިލާފަށް، މޮޑާނާއިން އުފައްދާފައިވާ ވެކްސިނަކީ، އެއްތަނުން އަނެއްތަނަށް އުފުލާއިރު، ގަދަފިނީގައި ރައްކާކޮށްފައި ބަހައްޓަން ޖެހޭ ވެކްސިނެއް ނޫނެވެ.

މޮޑާނާ ވެކްސިންގެ ޑާޓާތައް އެފްޑީއޭއިން އަންގާރަ ދުވަހު އާންމު ކޮށްފައި ވާއިރު، މިހަފްތާގެ ބުރާސްފަތި ދުވަހު، މިވެކްސިން ބޭނުންކުރުމުގެ އެމަޖެންސީ ހުއްދަ ދޫކުރުމާ ގުޅޭގޮތުން ބާއްވާ ވެކްސިން ޕެންލްގެ ބައްދަލުވުން ވަނީ ބާއްވާފައެވެ.

އެފްޑީއޭއިން އާންމު ކޮށްފައިވާ، މޮޑާނާ ކޯވިޑް19 ވެކްސިންގެ ޑާޓާތައް ބުނާގޮތުގައި، މިވެކްސިން ބޭނުންކޮށްގެން، "ކަންބޮޑު ވާންޖެހޭވަރުގެ، ސިއްޙީ ރައްކާތެރިކަމާ ގުޅޭ" މައްސަލަތަކެއް ފާހަގަ ވެފައެއް ނުވެއެވެ. އަދި ވެކްސިން ޖެހުމާއި ގުޅިގެން އާދަޔާ ޚިލާފު އުދަގުލެއް އިހުސާސް ކުރަން ޖެހުމަކީ ނާދިރު ކަމެކެވެ.

މޮޑާނާ ވެކްސިން ފައިޒާގެ ވެކްސިންއާއި ތަފާތުވަނީ ކިހިނެއް؟

މޮޑާނާ ވެކްސިން އެކި ތަންތަނަށް އުފުލުމުގައި ރައްކާ ކުރަން ޖެހެނީ، 20C- ގައެވެ. މިއީ އާންމުކޮށް އައިސް އަލަމާރީގަވެސް ތަކެތި ރައްކާކުރުމަށް ބޭނުން ކުރާ ފިނި ހޫނު މިނެކެވެ.

ފައިޒާ ވެކްސިން ތަންތަނަށް އުފުލާއިރު ރައްކާ ކޮށްފައި ބަހައްޓަން ޖެހެނީ 70C- ގައި ކަމަށް ވުމާއެކު، މިވެކްސިން އެއްތަނުން އަނެއްތަނަށް އުފުލުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތި ލާން ޖެހެއެވެ.

ފައިޒާ ވެކްސިނެކޭ އެއްގޮތަށް މޮޑާނާ ވެކްސިންގެވެސް ދެވަނަ ޑޯޒެއް ޖަހަން ޖެހެއެވެ. އަދި މޮޑާނާ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ޖެހެނީ ފުރަތަމަ ޑޯޒް ޖަހާ ދުވަހުން ފެށިގެން 28 ދުވަސް ފަހުންނެވެ.

މޮޑާނާގެ ކުންފުނި ހިގަމުން އަންނަނީ، އިގިރޭސިވިލާތުގެ ކޭމްބްރިޖްގެ މަސަޝުސެޓްގައެވެ. އެކުންފުނިން ބުނާ ގޮތުގައި، ވެކްސިންގެ އެމްޖެންސީ ހުއްދަ ލިބުމާއެކު، ވެކްސިން ބޮޑު އަދަދެއް އުފައްދާނީ މިމަރުކަޒުގައެވެ.

އެހެންނަމަވެސް، ފައިޒާ ކުންފުނިން އުފައްދާ ވެކްސިން ދުނިޔޭ އެހެން އެތަކެއް ގައުމުތަކެއްގައި އުފެއްދުމުގެ ގާބިލްކަން އެކުންފުންޏަށް ލިބިފައި ވެއެވެ. މީގެތެރޭގައި ޖަރުމަނުވިލާތާއި ބެލްޖިއަމް ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *