"ކުރޫ" ލިބެމުންދާ ތަރުހީބު ބޮޑު

"ކުރޫ" ލިބެމުންދާ ތަރުހީބު ބޮޑު

ބޮލީވުޑްގެ ތިން އުމުގެ ތިން ބަތަލާއިން ފެނިގެންދާ ފިލްމް "ކުރޫ" ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެ އެވެ.

މިދިއަ މަހުގެ 29 ވަނަ ދުވަހު ބެލުންތެރިންނަށް ގެނެސްދިން މި ފިލްމް އަކީ ތިން ކެބިން ކްރޫއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މި ފިލްމް އިން ކަރީނާ ކަޕޫރާއި ކްރިތީ ސެނަންގެ އިތުރުން ތައްބޫ ވަރަށް ގްލެމަސް ރޯލުތަކުން ފެނިގެންދެއެވެ. މި ފިލްމުގެ ޓެގް ލައިނަކީ "ރިސްޓް އިޓް، ފޭކް އިޓް، ސްޓީލް އިޓް" އެވެ.

ފިލްމުގައި ތިން ބަތަލާއިން ކުޅެފައި ވަނީ "ކޮހިނޫރު" ކިޔާ އެއާލައިނެއްގެ ކެބިން ކްރޫންތަކެއްގެ ރޯލެވެ. އަދި މި ފިލްމް އިން ތިން ކުރޫއެއްގެ މެދުގައި އޮންނަ ގުޅުންވެސް ވަރަށް ރަނގަޅަށް ދައްކުވައިދޭނެއެވެ.

މި ފިލްމަށް ވަރަށް ގިނަ ކްރިޓިކުން ތައުރީފުކޮށް، މިއީ ބޯހަމަ ޖައްސައިލަން ވަރަށް ރަނގަޅު، އެހާމެ ޝައުގުވެރި ފިލްމެއް ކަމަށް ބުނެފައިވެ އެވެ. "ކްރޫ" ގެ ރޭޓިން އަށް ބަލާ އިރު، ގިނަ ކްރިޓިކުން ފިލްމަށް ދީފައި ވަނީ ފަސް ތަރިން ހަތަރު ތަރި އެވެ.

 

View this post on Instagram

 

A post shared by Taran Adarsh (@taranadarsh)

"ކްރޫ" ގެ ލަވަތަކުގެ ތެރޭގައި ކުރީގެ މަޝްހޫރު ދެ ލަވައެއްގެ އާ ވާޝަންތަކެއް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި "ޗޯލީ ކޭ ޕީޗޭ" އަދި "ސޯނާ ކިތުނާ ސޯނާ ހޭ" ހިމެނެ އެވެ.

އިންޑިއާގެ އިތުރުން ބޭރުގެ މާކެޓްތަކުން ވެސް ފިލްމަށް އަންނަނީ ބޮޑި ތަރުހީބެއް ލިބެމުންނެވެ. ފިލްމަށް މިހާތަނަށް އާމްދަނީގެ ގޮތުގައި 62.52 ކްރޯޑް ރުޕީސް (7.5 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ. "ކްރޫ" ހެދީ 75 ކްރޯޑް ރުޕީސް (9 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *