ފުލުސް އޮފީހަށް ހާޒިރުކުރީ ޖިނާއީ ކުށެއްގެ ތުހުމަތަކު ނޫން: ފައްޔާޒު

ފުލުސް އޮފީހަށް ހާޒިރުކުރީ ޖިނާއީ ކުށެއްގެ ތުހުމަތަކު ނޫން: ފައްޔާޒު

ގުޅުންހުރި

އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ފުލުސް އޮފީހަށް ހާޒިރު ކުރީ ޖިނާއީ ތުހުމަތަކު ނޫންކަމުގައި އޭނާ ވިދާޅުވެއްޖެއެވެ.

މިއަދި ޕޮލިހަށް ހާޒިރުވުމަށްފަހު ފައްޔާޒު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އޭނާ މިއަދު ޕޮލިހަށް ހާޒިރު ކުރީ މައުލޫމާތު ސާފުކުރަންކަމަށް ފުލުހުން ވިދާޅުވި ކަމަށެވެ. އަދި ފުލުހުން ހޯދި އޭނާގެ މައުލޫމާތުތަކަކީ އޮޑިޓް ރިޕޯޓުތަކުގައި ހާމަކުރެވިފައި ހުރި މައުލޫމާތުތަކެއްކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

އަޅުގަނޑު މިއަދު ފުލުސް އޮފީހަށް ހާޒިރުކުރީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ނޫންކަމަށާއި މައުލޫމާތު ސާފުކުރަންކަމަށް ފުލުހުން ވިދާޅުވި. އެ މައުލޫމާތުތަކަކީ އަޅުގަނޑުގެ އޮޑިޓް ރިޕޯޓުތަކުގައި ހާމަކުރެވި، އާންމުވެސް ކުރެވިފައިވާ މައުލޫމާތުތަކެއް. މި ތަހުގީގު ހިންގުމުގައި ސަރުކާރުގެ ބޭނުމަކީ އަޅުގަނޑަށް އަނިޔާވެރިވާ މަންޒަރު ދައްކައިގެން އެކަމުން ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުން. ސިޔާސީ ބޭނުމަށް ފުލުހުންގެ އިދާރާ ބޭނުންކުރުމަކީ ފުލުހުންގެ އާންމު ވާޖިބު އަދާކުރުމަށް ހުރަސް އެޅޭނޭ ކަމެއް. އެފަދަ ނޭއްގާނީ ކަންކަން ހުއްޓާލުމަށް އިލްތިމާސްކުރަން.

މިއަދު ޕޮލިހަށް ހާޒިރު ވުމަށްފަހު ކުރެއްވި އެކްސް ޕޯސްޓުގައި ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އިސްމާއިލް މިއަދު ޕޮލިހަށް ހާޒިރު ކޮށްފައިވަނީ މެންދުރުފަހު 15:00 ގައެވެ.

ފުލުހުން ފައްޔާޒަށް ފޮނުވާފައިވާ ޗިޓުގައި ބުނެފައިވަނީ އޭނާ ޕޮލިހަށް ހާޒިރު ކުރަނީ ރޯޑް ޑިވެލޮޕމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ)އަށް ލިބޭ ފައިސާ އެކުންފުނީގެ ވެރިންނާއި އާރުޑީސީއާއި ގުޅުން އޮންނަ ފަރާތްތަކާއި ކުންފުނިތަކަށް ދޫކޮށް އާރުޑީސީގެ ފައިސާއަށް ޚިޔާނާތްތެރި ވެފައިވާ މައްސަލާގައި ކަމުގައެވެ.

އަރުޑީސީގެ ޚިޔާނާތުގެ ތަހުގީގަށް ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވުމާއި ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށުނީ ކަމަށާއި، އާރުޑީސީއިން ޚިޔާނާތެއް ވެއްޖެކަމަށްބުނެ ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން ކަމުގައެވެ.
އަޅުގަނޑަށް ތުހުމަތެއް ކުރެވިދާނޭފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަން ސާބިތުކަމާއެެކު ދަންނަވަން. ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގަކަށް ވިޔަސް މި ތަހުގީގަށް އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ. ސިޔާސީ ކެމްޕޭނުތައް ހިންގުމުގައި ގައުމީ މުއައްސަސާތައް ބޭނުންކުރުން ހުއްޓާލުމަށް މި ސަރުކާރަށް ގޮވާލަން.
ފައްޔާޒުގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އާރުޑީސީގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މީހުންގެ ތަހުގީ މިހާރު ނިމުމަކާއި ހަމައަށް އައިސްފައިވާ ކަމަށާއި، އެ ފަރާތްތަކުން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހިޔާނަތްތެރިވެފައިވާކަން ތަހުޤީޤަށް ހޯދިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ