ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގަކަށް ވިޔަސް އެއްބާރުލުން ދޭނަން: ފައްޔާޒު

ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގަކަށް ވިޔަސް އެއްބާރުލުން ދޭނަން: ފައްޔާޒު

އާރުޑީސީގެ ގިނަ އަދަދެއްގެ ފައިސާއަށް ކުރީ ސަރުކާރުގެ ވެރިން ޚިޔާނާތްތެރި ވެފައިވާކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ފުލުހުން ކުރިޔަށް ގެންދާ ތަހުގީގަގީ ސީޔާސީ ތަހުގީގެއް ކަމަށާއި، ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގަކަށް ވިޔަސް އެއްބާރުލުން ދޭނެ ކަމުގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލު ވިދާޅުވެއްޖެއެވެ.

އާރުޑީސީގެ ގިނަ އަދަދެއްގެ ފައިސާއަށް ކުރީ ސަރުކާރުގެ ވެރިން ޚިޔާނާތްތެރި ވެފައިވާކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ފައްޔާޒު އިސްމާއިލު ޕޮލިހަށް ހާޒިރުވާން އަގާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 15:00 އަށެވެ.

ފުލުހުން ފައްޔާޒަށް ފޮނުވާފައިވާ ޗިޓުގައި ބުނެފައިވަނީ އޭނާ ޕޮލިހަށް ހާޒިރު ކުރަނީ ރޯޑް ޑިވެލޮޕމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ)އަށް ލިބޭ ފައިސާ އެކުންފުނީގެ ވެރިންނާއި އާރުޑީސީއާއި ގުޅުން އޮންނަ ފަރާތްތަކާއި ކުންފުނިތަކަށް ދޫކޮށް އާރުޑީސީގެ ފައިސާއަށް ޚިޔާނާތްތެރި ވެފައިވާ މައްސަލާގައި ކަމުގައެވެ.

އަރުޑީސީގެ ޚިޔާނާތުގެ ތަހުގީގަށް ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވުމާއި ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށުނީ ކަމަށާއި، އާރުޑީސީއިން ޚިޔާނާތެއް ވެއްޖެކަމަށްބުނެ ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން ކަމުގައެވެ.
އަޅުގަނޑަށް ތުހުމަތެއް ކުރެވިދާނޭފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަން ސާބިތުކަމާއެެކު ދަންނަވަން. ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގަކަށް ވިޔަސް މި ތަހުގީގަށް އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ. ސިޔާސީ ކެމްޕޭނުތައް ހިންގުމުގައި ގައުމީ މުއައްސަސާތައް ބޭނުންކުރުން ހުއްޓާލުމަށް މި ސަރުކާރަށް ގޮވާލަން.
ފައްޔާޒުގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އާރުޑީސީގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މީހުންގެ ތަހުގީ މިހާރު ނިމުމަކާއި ހަމައަށް އައިސްފައިވާ ކަމަށާއި، އެ ފަރާތްތަކުން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހިޔާނަތްތެރިވެފައިވާކަން ތަހުޤީޤަށް ހޯދިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *