"ކުރޫ" ގެ ފުރަތަމަ ލަވަ އަކީ "ޗޯލީކޭ ޕީޗޭ ކިޔާހޭ"

"ކުރޫ" ގެ ފުރަތަމަ ލަވަ އަކީ "ޗޯލީކޭ ޕީޗޭ ކިޔާހޭ"

1993 ގެ ފިލްމު "ކަލްނާޔަކު" ގެ މަޝްހޫރު ލަވަ  "ޗޯލީ ކޭ ޕީޗޭ ކިޔާ ހޭ" އަކީ ފަޑުވުމެއް ނެތި އޭގެ މަޝްހޫރު ކަން މިއަދާ ހަމައަށް ވެސް ކުރިއަށް ދާ މަޝްހޫރު ލަވައެކެވެ.

މި ލަވައަށް އެއްވެސް ފަނޑު ކަމެއް ނާދެއެވެ. ލަވަ އޭގެ ގޮތުގައި އެއީ އެއްވަނަ އެއެވެ. މި ލަވަ އަކީ ތަފާތު ޑަންސް ޝޯވ ތަކުގައި ވެސް އަދި ތަފާތު ފަންގުޝަން ތަކުގައި ވެސް އެންމެ ގަދައަށް އަޑުއިވޭ ލަވައެވެ.

އަލްކާ ޔަގްނިކާއި އިލާ އަރޫން ކިޔައފައިވާ މި ލަވައިގެ މިއުޒިކް ހެދީ ލަކްޝްމީކާންތު-ޕިޔާރޭލާލު އެވެ. އަދި ލަވައިގެ ޅެން ލިޔުނީ ކުޅަދާނަ ޅެންވެރިޔާ އާނަންދު ބަކްޝީ އެވެ.

މި ލަވައިގެ މޮޑިފައި ނުވަތަ މުޅިން އާ ވާޝަންއެއްގެ ގޮތުގައި މިވަނީ ބެލުންތެރިނަށް ގެނެސްދީފައިއެވެ. އެއީ ކުރިއަށް އޮތް ފިލްމް "ކުރޫ" އިން އިންނެވެ. މި ފިލްމް އަކީ ތިން ބަތަލާއިން ލީޑުން ފެނިގެންދާ ފިލްމްއެކެވެ.

ވަރަށް ބާރަށް ޕްރޮމޯޝަން ކުރިއަށްދާ މި ފިލްމް ރިލީޒް ކުރުމަށް ނިންމައިފައިވަނީ މި މަހުގެ 29 ވާ ހުކުރު ދުވަހުގައިއެވެ. މީގެ ލީޑުން ފެނިގެންދާނީ ކްރިތީ ސެނޮން އާއި ތާބޫ ގެ އިތުރުން ކަރީނާ ކަޕޫރު ހާންއެވެ.

"ޗޯލީ ކޭ ޕީޗޭ" ގެ އާ ވާޝަން ވެސް ގެނެސްދީފައި ވަނީ އަލްކާ އާއި އިލާގެ އަޑުގެ އިތުރުން "ކްރޫ" ގެ ރޯލެއް ކުޅެފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ދިލްޖީތު ދޮސަންޖްގެ އަޑު ވެސް ހިމަނައިގެން މި ޒަމާނުގެ ސްޓައިލަށެވެ.

ރާޖޭސް ކްރިޝްނަން ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އަންހެނުންތަކެއްގެ ވާހަކަ ކިޔައިދިން މިދިޔަ އަހަރުގެ "ތޭންކް ޔޫ ފޯ ކަމިން" އާއި 2018 ގެ "ވީރޭ ދީ ވެޑިން" ގެނެސްދިން އެކްތާ ކަޕޫރާއި ރިއާ ކަޕޫރް ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *