އަދިވެސް ކުރިމަތިވެގެން މިއުޅެނީ ޗައިނާއިން ނަގާފައި ހުރި ދަރަނީގެ މައްސަލަ: ރައީސް ސާލިހު

އަދިވެސް ކުރިމަތިވެގެން މިއުޅެނީ ޗައިނާއިން ނަގާފައި ހުރި ދަރަނީގެ މައްސަލަ: ރައީސް ސާލިހު

ގުޅުންހުރި

އަދިވެސް ގައުމަށް ކުރިމަތިވެފައި އޮތް އިގްތިސާދީ މައްސަލައަކީ ޗައިނާގެ ދަރަނި ކަމަށާއި، އެ ދަރަނި ހުރި 18 ބިލިއަން ރުފިޔާގައި ކަމުގައި ކުރީގެ ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.

ރޭ މާލޭގައި އޮތް ކެމްޕޭން އިވެންޓެއްގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ޗައިނާއިން އެއްވެސް ލޯނެއް ނަގާފައި ނުވާނެކަމަށާއި، އިންޑިއާއި ނަގާފައި ހުރި ދަރަނީގެ މިންވަރަކީ 8 ބިލިއަން ރުފިޔާ ކަމުގައެވެ. އެލޯނުތައް ނަގާފައިވަނި އެންމެ ބޮޑުކޮށްވެސް 1.7 ބިލިއަން ރުފިޔާގެ އިންޓަރެސްޓުގައި ކަމަށާއި، އެފައިސާ ނަގާފައި ހުންނާނީ 5 އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު، 20 އަހަރުން ދައްކާ ޚަލާސްކުރާ ގޮތަށް ކަމަށެވެ. އަދި އެ ފައިސާ ދައްކާން ޖެހެނީވެސް، ލޯނުން ޚަރަދުކުރެވޭ ނިސްބަތަކުންކަން ރައީސް ސާލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެހެންނަމަވެސް ރައީސް މުއިއްޒު މިހާރުވެސް އާދޭސް ކުރައްވަމުން ގެންދަވަނީ އިންޑިއާއިން ނަގާފަ ހުރި ލޯނުތައް ރީސްޓްރަކްޗަރ ކުރުމަށް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

އިއްޔެ ދެއްވި އިންޓަރވިއުއެއްގައި އޮތްކަމަށްވަނީ ތިމަންނަގެ އެންމެ ގާތް ގައުމަކީ އިންޑިއާއޭ. އެންމެ ގާތް އެންމެ އެހީތެރިވާ ގައުމީ އިންޑިއާއޭ، އެހެންވީމަ ތިމަންނަ ބޭނުމޭ އިންޑިއާއާއެކީކަ ވާހަކަ ދައްކައިގެން އެ ނަގާފަހުރި ލޯނުތައް ރީ ސްޓްރަކްޗަރ ކުރަން. ބައްލަވާ މިއަދު ކުރިމަތިވެގެން މިއުޅޭ އިންޑިއާއިން ނަގާފަހުރި ލޯނުގެ މައްސަލައެއް ނޫނޭ.

ރައީސް މުއިއްޒު އިންޑިއާގެ ދަރަނި ރީސްޓްރަކްޗަރ ކުރަން ބޭނުންވި ނަމަމަވެސް އަދިވެސް ހަގިގީ މައްސަލައަކި ޗައިނާގެ ދަރަނިކަން ފާހަގަ ކުރައްވަމުން ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ އެހެންނަމަވެސް އަވައްޓެރި ގައުމުތަކުން ރާއްޖެއަށް އެހީތެރި ވެދޭނެކަމުގެ ޔަގީންކަން އޮތް ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ