ގޯހަރްގެ ދަރިފުޅުގެ މޫނު ފުރަތަމަ ފަހަރަށް ދައްކައިލައިފި

ގޯހަރްގެ ދަރިފުޅުގެ މޫނު ފުރަތަމަ ފަހަރަށް ދައްކައިލައިފި

Author
ފާތިމަތު ނާވީ
22 މާރޗް 2024 03:13
0

އިންޑިއާގެ ފިލްމީ ބަތަލާ ގޯހަރް ހާންގެ ދަރިފުޅުގެ މޫނު ފުރަތަމަ ފަހަރަށް އާންމުންނަށް ދައްކާލައިފި އެވެ.

މިދިއަ އަހަރު މެއި މަހުގެ 10 ވަނަ ދުވަހު ގޯހަރް އާއި އޭނާގެ ފިރިމީހާ ޒައިދް ދަރްބާރަށް ދަރިއަކު ލިބުން އިރުގައި މިހާތަނަށް އެކުއްޖާގެ މޫނު ދައްކައިލައިފައިެއް ނުވެއެވެ. މީޑިއާ އަށް "ފޮރުވައިގެން" ގެންގުޅު އެމީހުންގެ ދަރިފުޅު ޒިހާން ގެ މޫނު ދައްކައިލައިފައި ވަނީ މައްކާއިންނެވެ.

މި ރޯދަ މަހުގެ އުމްރާއަށް ދެމަފިރްނާއި އެމީހުންގެ ހަމަ އެކަނި ދަރިފުޅު ތިބީ މައްކާގައިއެވެ. އަދި އެމީހުން ގެ މިދަތުރު ފޮޓޯ އާއި ވީޑިއޯ ވެސް އަންނަނީ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

 

View this post on Instagram

 

A post shared by Gauahar Khan (@gauaharkhan)

 

ޒައިދު އާއި ގޯހަރް ކައިވެނިކުރީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ގަ އެވެ. ވަރަށް ކުލަގަދަކޮށް ކުރިއަށް ގެންދިއަ މި ކަިއވެންޏަކީ ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިއަ ކައިވެންޏެކެވެ. މިއީ ކައިވެނީގެ ފަހުން އެ ދެމަފިރިން އުމްރާއަށް ދިޔަ ދެވަނަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.