ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް 1 އަހަރު ދުވަހުގެ ބްރޭކެއް ނަގައިފައިވާ ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.
މި މަހުގެ ތެރޭގައި އޭނާގެ އަންހެނުން އަދި މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯން ވަނީ އޭނާ ބަނޑޫބޮޑުކަން އިއުލާން ކޯށްފައިއެވެ. މީޑިއާއިން ބުނެފައިވަނީ ދީޕިކާ ބަނޑުބޮޑޫ ވުމާއި އެކުގައި ރަންވީރު 1 އަހަރުގެ ޗުއްޓީ ނަގައިފައި ވާކަމަށެވެ.
އަދި މި ދުވަސް ކޮޅު ދީޕިކާ ވިހުމާއި ހަމައަށް ރަންބީރު ބޭނުންވަނީ ހުރިހާ ވަގުތެއް ދީޕިކާ އަށް ދިނުމަށް ކަމަށް ވެއެވެ. ބަލިވެއިނުމުން ދީޕިކާ ވެސް މިހާރު ވަނީ ފިލްމީ މަސައްކަތްތަކާ ދުރަށް ޖެހިލައިފަ އެވެ.
މިއަހަރަށް ޝޫޓިންގ ފެށުމަށް ރަންވީރު ކުރިން ވަނީ ފިލްމް ތަކެއް ޝެޑިއުލް ކޮށްފައިއެވެ. ނަމަވެސް އަހަރެއް ފަހަށް ފިލްމްތަށް ޝޫޓީން އަލުން ޝެޑިއުލް ކޮށްފައިވާކަމަށް ވެއެވެ.
އޭނާ އަތުގައި ބޮޑެތި ޕްރޮޖެކްޓް ތަކެއް އެބަހުއްޓެވެ. އެގޮތުން އަންނަ މހު ޝޫޓިން ފެށުމަށް ހަމަޖައްސައިފައިވާ "ބައިޖޫ ބާވްރާ" މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޑޮން 3″ އާއި "ޝަކްތިމޭން" އަދި އަދިތުޔަ ދަރްގެ ފިލްމެއް ވެސް ހިމެނެ އެވެ.
ދީޕިކާ ބަލިވެއިންކަން އެ ދެމަފިރިން އިއުލާންކުރީ މީޑިއާއިން އެވާހަކަ ދައްކަން ފެށުމާއި އެކުގައިއެވެ. އޭނާ ވިހަނެ ކަމަށް ބުނެފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގައި ކަމަށް ވެއެވެ.
ކޮމެންޓު ފޮނުވާ