ރޯދައިގެ އަޅުކަމުގައި ރޫޙާނީ، އިޖުތިމާޢީ، އަދި ސިއްޙީ ގިނަ ފައިދާތަކެއް އެކުލެވިގެންވާ ކަމުގައި މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ޚުޡުބާގައި ވިދާޅުވީ ރޯދައިގެ އަޅުކަމުން ކެތްތެރިކަން ދަސްކޮށްދޭ ކަމަށާއި، ރޯދައަކީ ކެތްތެރިކަމުގެ ދެބައިކުޅަ އެއްބައި ކަމުގައެވެ.
"ރަމަޟާންމަހާއި ދިރިއުޅުން" މިމައުޟޫއަށް ޚާއްސަކުރެވިގެންދިޔަ މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވީ ރޯދައަކީ މުސްލިމުންގެ އަޚްލާގު ތަހުޒީބުކޮށް ތަރައްގީ ކޮށްދޭ އަޅުކަމެއް ކަމަށާއި، ރޯދަވެރިޔާ ރޯދައަށް ހުންނައިރު ރައްކާތެރިވާންޖެހޭ ކަންތައްތަކެއް ވާކަމުގައެވެ. އެގޮތުން ދެބަ އޮޑުވުމާއި، ނެތިމޮށުންފަދަ ބޮޑެތި ފާފަތަކާއި ދުރުހެލިވާންޖެހޭކަމަށާއި، ދެބަސްވުންތަކާއި ހަޑިހުތުރު ބަސްތައް ބުނުމުން ދުރުހެލިވާން ޖެހޭނެ ކަމުގައި ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.
މުސްލިމް އަޚުންނޭވެ! މިފަދަ ފަހު ފުރުޞަތެއް ދެވަނަފަހަރު ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. ވީމާ، މި ބަރަކާތްތެރި މައްސަރުގައި ޙަޔާތަށް ބޮޑު ބަދަލެއް ގެންނާށެވެ! މުޖުތަމަޢު އެއްބައިވަންތަކުރާ، މުޖުތަމަޢުގެ ހެވާއި ލާބައަށް މަސައްކަތްކުރާ ބަޔަކު ކަމުގައި ވާށެވެ. ރޯދަ އަހަރެމެންނަށް ދަސްކޮށްދެނީ އަނެކާގެ އިޙުސާސްތަކުގައި ބައިވެރިވެ ނިކަމެތި ޙާލުގައި އުޅޭ ފަޤީރުންނާއި މުހުތާދުވެރިންނަށް އެހީތެރިވުމަށެވެ!
ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.
މިއަދުގެ ޚުޡުބާގައި ވިދާޅުވީ އެންމެ ހެޔޮކަމަކީ ބަނޑުހައިހޫނުކަމުގައި އުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށް ކުޅަދާނަވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދީ އެމީހުންގެ ކެކުޅުންތަކުގައި ބައިވެރިވެ އެމީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ މީހާކަމުގައެވެ.
އަދި ޚުޡުބާގައި ވިދާޅުވެފައިވަނީ މި މައްސަރުގެ ފައިދާ ހެޔޮގޮތުގައި ލިބޭނީ ރަސޫލާއާއި އުއްމަތުގެ ޞަލަފުއްޞާހިޙުން ރަމަޟާންމަހުގައި އަޅުކަން ކުރެއްވިގޮތް ނަމޫނާއަކަށް ބަލައިގަނެގެން ކަމުގައެވެ.
ކޮމެންޓު ފޮނުވާ