ފާއިތުރު 3 މަސްތެރޭގަ 1،700 ޕްރޮޖެކްޓް ވަނީ ހުއްޓާލާފަ: ރައީސް ސާލިހު

ފާއިތުރު 3 މަސްތެރޭގަ 1،700 ޕްރޮޖެކްޓް ވަނީ ހުއްޓާލާފަ: ރައީސް ސާލިހު

ގުޅުންހުރި

ރައީސް މުއިއްޒުގެ ސަރުކާރު ހުވާކުރުމަށްފަހު ފާއިތުވި 3 މަސްދުވަހުގެ ތެރޭގައި 1،700 ޕްރޮޖެކްޓް ހުއްޓާލާފައިވާކަމަށް ކުރީގެ ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ، މިރޭ މާފަންނު ހުޅަނގު ދާއިރާގައި ބޭއްވުނު އެމްޑީޕީގެ ކެމްޕޭން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. މި ކެމްޕޭން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅިވީ ހަމައެއާއެކު ފާއިތުވި 3 މަސްތެރޭގައި 300 މިލިއަން ކުރީ އަހަރާ އަޅާ ބަލާއިރު މިސަރުކާރުން ޚަރަދު ކޮށްފައިވާކަމަށާއި، އެހެންނަމެސް މިފައިސާއަށް ކުރި ކަމެއް ފެންނާން ނެތްކަމުގައެވެ.

އަދި މިފައިސާއިން ޚަރަދުކުރީ ކިހިނެއްތޯ ބަލަން ރައީސް އޮފީހަށްވެސް ސިޓީ ލާފައިވާ ކަމަށާއި، ފިނޭންސް މިނިސްޓްރީގައިވެސް އެދިފައިވާ ކަމަށާއި، އެހެންނަމަވެސް މިއިން އެއްވެސް ތަނަކުން އޭގެ މައުލޫމާތެއް ލިބޭގޮތް ވެފައި ނުވާކަމަށެވެ.

އެނގޭ ކަމަކީ ސިޔާސީ މަގާމްތަކަށް މީހުން އެބަލާކަން. ފުނިފުންޏަށް، ބައެއް މިނިސްޓްރީތަކުގައި އިށީންނާނެ ތަނެއް ނެތް. ކޮރިޑޯތަކުގަ ކިއު ޖެހިފަ ތިބޭކަމަށް އެބަވޭ. ޑިއުޓީ ބަހައިގެން މޭޒު ހަވާލުކުރަމުން އެބަދޭ. ގޮނޑި ނެތިގެން. އަންދާޒާ މިހާރު ކުރެވޭ ގޮތުގައި، އެބޭފުޅުން މައުލޫމާތު ދެއްވީމަ އެގޭނީ. 1،500 އަށްވުރެ ގިނަ ސިޔާސީ މަގާމް މިހާރު ވާނީ އުފައްދާފަ. އެހެންނަމަކަ މަހެއްގެ މައްޗަކަށް 100، 150 މިލިއަން ރުފިޔާ ބަޖެޓަކުން ރިކަރަންޓް ޚަރަދަކަށް، މުސާރައަކަށް ޚަރަދު ކުރާކަށް ނުޖެހޭނެ. އިސްރާފު އިންތިހާއަށް. އިސްރާފް އިންތިހާއަށް. މިއަދު ހުއްޓާލާފަ އެހެރަ ޕްރޮޖެކްޓްތައް ފައްޓަން ވެއްޖެއްޔާ ދެންވާނީ ކިހިނެއްތޯ؟ ދެގުނަ ޚަރަދު އަނެއްކާވެސް އިތުރަށް ކުރަން ޖެހޭނެ.

ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވި އެހާލަތުގަ އަނެއްކާވެސް ޚަރަދުވެގެން ދަނީ ރައްޔިތުންގެ ފައިސާ ކަަމަށެވެ. އަދި ރައީސް ސާލިހި ވިދާޅުވީ އެ ސަބަބުތަކަށްޓަކާ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އެމްޑީޕީއަށް ނަގަން ޖެހޭކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ