"ބަޅޭ މިޔާ ޗޯޓޭ މިޔާ" އިން

"ބަޅޭ މިޔާ ޗޯޓޭ މިޔާ" އިން

Author
ފާތިމަތު ނާވީ
16 މާރޗް 2024 10:00
0

އެކްޝަން ހިރޯ އިން ގެ ގޮތުގައި މަޝްހޫރު ދެތަރިން ކަމުގައިވާ އަކްޝޭ ކުމާރު އާއި ޓައިގާ ޝްރޮޕް ގެ ކުރިއަށް އޮތް ފިލްމް "ބަޅޭ މިޔާ، ޗޯޓޭ މިޔާ" ގެ އިތުރު ލަވައެއް ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.

އަރަބި ސްޓައިލް ގެ ބެލީ ޑާންސް ތަކަކާއި އެކުގައި ވަރަށް ފަރި ހަރަކާތް ތަކެއް ވެސް ފެނިގެންދާ މި ލަވަ އަކީ އަހަލުމަށް ވެސް ވަރަށް ހިތް ގައިމު ލަވައެކެވެ. މި ލަވަ ކިޔައިފައިވަނީ ވިޝާލް ދަދްލާނީ އާއި ވިޝާލް މީޝްރާ އަދި ދިޕާކްޝީ ކަލީޓާއެވެ.

މިއީ ވަރަށް ހިތްގައިމު ފިިލްމަކަށްވާނެކަމުގެ ޔަގީންކަން އޭގެ ޓީމުން ދީފައިވާއިރުގައި މިއީ މި ފިލްމްގެ ލީޑުން ތިން ބަތަލާ އެއް ވެސް ފެނިގެންދާނެއެވެ. އެއީ އަލާޔާ އެފްއާއި މަނޫޝީ ޗިއްލަރު އަދި ސޮނާކްޝީ ސިންހާއެވެ. އަދި މީގެ އިތުރުން މަޝްހޫރު މަލަޔާޅަމް އެކްޓަރު ޕްރިތުވީރާޖް ސުކްމަރަން ވިލަންގެ ރޯލުން ފެނިގެންދާނެއެވެ.

މި ފިލްމް އަކީ ޕްރޮޑިއުސަރު ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓަށް، އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކޮށްފައިވާ ފިލްމްއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.