މިއުޅެނީ އެއްވެސް ހާލެއްގައި ސަރުކާރަށް ޖެއްސުން ކުރަން ނޫން ކަމަށާއި، އެހެންނަމަވެސް މި ސަރުކާރު ވައްޓާލަން ޖެހިޖެއްޔާ ސަރުކާރު ވައްޓާލާނެކަމުގެ އިންޒާރު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ދެއްވައިފިއެވެ.
ސަރުކާރު ވައްޓާލާނެކަމުގެ އިންޒާރު ފައްޔާރު ދެއްވާފައިވަނީ ރޭ ބޭއްވި، އެމްޑީޕީގެ ފަރާތުން ތ. ތިމަރަފުށި ދާއިރާއަށް ވަދަކުރައްވާ ކެންޑިޑޭޓުގެ ޖަގަހަ ޖަލްސާއެއްގައި ވަހަކަދައްކަވަމުންނެވެ.
މިޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ދޮގު ހަދައިގެން އޮޅުވާލާއިގެން ބަޔަކު ވެރިކަމާއި ހަވާލުވިނަމަވެސް، މި ގައުމު އަނބުރާ އަނެއްކާވެސް އަނިޔާވެރި އަދި ފުދުންތެރިކަން ނެތް ގައުމަކަށް ދާން ޖާގަ ދެވޭކަށް ނެތްކަމުގައެވެ. އަދި އެކަން ހުއްޓުވަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާންޖެހޭ ކަމުގައިވެސް ފައްްޔާޒް ވިދާޅުވިއެވެ.
ދޮގު ހަދައިގެން އޮޅުވާލާއިގެން ބަޔަކު ވެރިކަމާއި ހަވާލުވިނަމަވެސް، އަޅުގަނޑުމެންނަކަށް ނެތް މި ގައުމު އަނބުރާ އަނެއްކާވެސް އަނިޔާވެރި އަދި ފުދުންތެރިކަން ނެތް ގައުމަކަށް ދާން ޖާގަ ދެވޭކަށް، އެކަން ހުއްޓުވަން ކުރަން ޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން އެބަ ޖެހޭ ކުރަން.
ފައްްޔާޒް ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ އެއީ އެއްވެސް ވަރަކަށް ސަރުކާރަށް ޖެއްސުން ކުރާ ވާހަކައެއް ނޫން ކަމަށާއި، ސަރުކާރު ވައްޓާލަން އުޅޭ ވާހަކައެއްވެސް ނޫން ކަމަށެވެ. އެހެންނަމަވެސް ސަރުކާރު ވައްޓާލަން ޖެހިއްޖެނަމަ ވައްޓާލާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީސް މެޖޯރިޓީ ލިބިގެން ނޫނީ "ވާނުވާ" ސަރުކާރު އޮބިއެއް ނޭޅޭނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
އަޅުގަނޑު މި ދަންނަވަނީ އެއްވެސް ވަރަކަށް ސަރުކާރަށް ޖެއްސުން ކުރާ ވާހަކައެއް ނޫން، ސަރުކާރު ވައްޓާލަން އުޅޭ ވާހަކައެއްވެސް ނޫން. ވައްޓާލަން ޖެހިއްޖެނަމަ ވައްޓާލާނަން. އެކަމަކު އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީސް މެޖޯރިޓީ ލިބިގެން ނޫނީ ވާނުވާ ސަރުކާރު އޮބިއެއް ނޭޅޭނެ.
ފައްޔާޒު އިސްމައިލް ވިދާޅުވިއެވެ.