ރޯދައަކީ ހުރިހާ މާނައެއްގައިވެސް ރައްކާތެރިކަމެެއް ކަމުގައި މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.
"ރޯދައިގެ ޙިކުމަތް" މި މައުޞޫއަށް ޚާއްސަކުރެވިގެންދިޔަ މިއަދުގެ ޚުޡުބާގައި ވިދާޅުވީ ރޯދއަިގެ ޙިކުތަކަކީ މާތްﷲއަށް ބިރުވެތިވެ ތަގުވާވެރި ވުން ކަމަށާއި، ކުރުމަށް އާދަވެފައިވާ ކަންތައްތަކުން ދުވަސްކޮޅަކަށް ނަމަވެސް އެއްކިބާވެ ހުރުމަކީ ދުނިޔޭގެ އެދުންތަކުން ނަފުސު ސަލާމަތްކުރުމަށް ދެވޭ ތަރުބަވީ ފިލާވަޅެއް ކަމުގައެވެ.
މުޅި ދުވާލު އެއިން ބުއިމުން އެއްކިބާވެ ހުރުމުގެ ސަބަބުން، ޝަހުވަތްތެރިކަމާއި، ދުނިޔޭގެ ދަހިވެތިކަން ތިމާގެ ހިތުތަރެއިން ކުޑަވެ، ރޫހާނީބައި އިތުރު ވެއެވެ. ނަތީޖާއަކަށް ވަނީ، ނުބައި ކަންތައްތަކަށް އަރައިގަތުމާއ ދުރުހެލިވުމެވެ. ދުލުން ހަޑިހުތުރު ބަސްތައް ބުނުމާއި މީހުންނާއި ޒުވާބުކުރުން ހުއްޓުމެވެ. ފަގީރުންނާއި ނިކަމެތީންގެ ޙާލަތު އިހުސާސް ކުރެވުމެވެ. އަދި އެފަދަ މީހުންނަށް އެހީތެރިވުމަށް ހިތްވަރު ލިބުމެވެ.
މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.
ޚުޡުބާގައި އިތުރަށް ވިދާޅުވި ގޮތުގައި ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްކަމަކީ ސިއްރާއި ފާޅުގައި ތިމާ ކުރާ އަމަލުތައް ﷲ ތަޢާލާ ބައްލަވައި ވޮޑުގެންވާކަން ދަނެ، ތިމާގެ ނަފްސު ތަހުޒީބު ކުރުމެވެ. އަދި ރޯދައަކީ ރޯދަވެރިޔާއާއި އޭނާގެ ވެރި ރަސްކަލާނގެ ދެމެދުގައިވާ ސިއްރެއްކަން ބަޔާން ކުރައްވަމުން ޚުޡުބާގައި ބަޔާން ކުރި ގޮތުގައި ރޯދަވެރިޔާ ރޯދަ ގެއްލޭ ކަންކަމުން ދުރުހެލިވެ ހުންނަނީ މާތްﷲގެ ރުހިވޮޑިގަތުން ލިބިގަތުމަށްޓަކައެވެ.
އެހެނީ ރޯދައަށް ހުރެ ސިއްރިޔާތުގައި ކައިބޮއި އުޅުނަސް މީހަކަށް އެކަމެއް ނޭނގޭނެއެވެ. ރޯދަވެރިޔާއަށް އޭގެ މިންވަރު ނޭނގޭ ގިނަގުނަ ދަރުމަ ދެއްވުމަށް މާތްﷲ ވައުދު ކުރައްވާފައި ވަނީ މި އަޅުކަމުގެ ތެރޭގައި ހުރި އިޚްލާސްތެރި ކަމުގެ ބޮޑުކަމުންނެވެ.
މިއަދުގެ ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ