މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެދުން އެދެން: އާޒިމް

މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެދުން އެދެން: އާޒިމް

Author
އަހުމަދު
11 މާރޗް 2024 09:46
0

މާލޭގެ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެދުމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ.

އާޒިމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ އެކަނި ވެސް މާލޭގެ މަގުތަކުން 59.6 ޓަނުގެ ކުނި، ސިޓީ ކައުންސިލްގެ ހީވާގި މުވައްޒަފުން ނަގާފައިވާ ކަމަށެވެ. މިއީ 25 ފޫޓުގެ އަށް ކޮންޓެއިނަރުގެ ކުނި ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެއްދެވުމަށް." އާޒިމްގެ ޕޯސްޓުގައިވެއެވެ.

އާޒިމް ވިދާޅުވި ގޮތުގައި ދިރި އުޅޭ ގެދޮރާއި ތިމާގެ ވެށި ސާފުކޮށް ބޭއްވުމަކީ އެންމެނަށް ހިތްފަސޭހަ ކަމަަށް ވެގެން ދާނެ ކަމެއް ކަމަށެވެ.

"ﷲ (ސވއ)ގެ ހެޔޮރަހުމަތުން އަޅުގަނޑުމެން އެންމެންނަކީ ވަރަށް ބޮޑަށް ސާފުތާހިރުކަމަށް ލޯބިކުރާ ބައެއްކަމުގައި ލައްވާށި. އާމީން." އާޒިމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.