ރަހީނު ކޮށްފައިވާ ސްކޫލު ކުދިންގެ ވީޑިއޯތައް ބޮކޯ ހަރާމުން ދައްކާލައިފި

ރަހީނު ކޮށްފައިވާ ސްކޫލު ކުދިންގެ ވީޑިއޯތައް ބޮކޯ ހަރާމުން ދައްކާލައިފި

Author
ހުސެއިން
18 ޑިސެމްބަރ 2020 06:13
0

ނައިޖީރިއާގެ ޖިހާދިސްޓް ގުރޫޕެއް ކަމުގައިވާ ބޮކޯ ހަރާމުން ފާއިތުވެދިޔަ ހަފްތާގައި ރަހީނުގެ ކުރިން، އެގައުމުގެ 300 އަށްވުރެ ގިނަ ސްކޫލު ކުދިންގެ ވީޑީއޯ އެޖަމާއަތުން އާންމު ކޮށްފިއެވެ.

ޖަންގަލީ ތެރޭގައި ކޮށްފައިވާ މިވީޑިއޯއިން ފެންނަ ގޮތުގައި، ކިޑްނެޕް ކޮށްފައިވާ ކުދިންގެ ވަށައިގެން މޫނު ނިވާ ކޮށްގެން ތިބޭ ހަގުރާވެރިން ފޯރިމަރަން ތިބެއެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި، ހަގުރާމަވެރިން ކިޑްނެޕް ކޮށްފައިވާ ސްކޫލް ކުދިންގެ ތެރޭގައި، އުމުރުން 10 އަހަރު ނުފުރޭ ކުޑަކުދިންވެސް ހިމެނެއެވެ. އަދި މީގެތެއިން އެއް ކުއްޖަކުވަނީ، ހަގުރާމަ ވެރިންގެ ފަރާތުން ސަރުކާރަށް ޑިމާންޑްތަކެއްވެސް ހުށަހަޅާފައެވެ.

ބޮކޯ ހަރާމްގެ ހަގުރާމަވެރިން މިކުދިން ރަހީނު ކޮށްފައިވަނީ، ނައިޖީރިއާގެ ހުޅަގު އުތުރުގައި އޮންނަ އަވަށެއްކަމުގައިވާ، ކަޓްސިނާގެ ސްކޫލަކަށް ދިން ހަމަލާއެއްގައެވެ.

މިހަމަލާއަކީ، މިސަރަހައްދަށް މިހާތަނަށް ދީފައިވާ މިފަދަ ފުރަތަމަ ހަމަލާއެވެ.

ބޮކޯ ހަރާމުން، މިހަމަލާއަކީ އެޖަމާއަތުން ދީފައިވާ ހަމަލާއެއް ކަމުގައި ބުނެފައިވި ނަމަވެސް، އަދިވެސް ނައިޖީރިއާ ސަރުކާރުން ބުނަމުންދަނީ، މިހަމަލާ ދީފައިވަނީ މިޖަމައަތާއި ގުޅުންހުރި ބައެއް ގޭންގަތަކުން ކަމުގައެވެ.

ބޮކޯ ހަރާމުން އާންމު ކޮށްފައިވާ 6 މިނިޓްގެ މިވީޑިއޯއިން ފެންނަ ގޮތުގައި، އުމުރުން ވަރަށް ހަގުކުދިން، ފަހަތުގައި ތިބެގެން އެކުދިން ދޫކޮށްލުމަށް އެދެމުން ދެއެވެ. އަދި އިގިރޭސި ބަހުންނާއި ނައިޖީރިއާގެ ބަސް މަސްހުނި ކޮށްގެން ވާހަކަ ދައްކާ މީހަކު، އެކުދިން ކިޑްނެޕް ކޮށްފައިވަނީ، ބޮކޯ ހަރާމްގެ ލީޑަރު، އަބޫބަކުރު ޝެކާއުގެ ގޭންގުން ކަމުގައި ބުނަމުން ދެއެވެ.

އަދި މިމީހާ ބުނި ގޮތުގައި، ނައިޖީރިއާގެ ސިފައިންގެ ފައިޓަރ ޖެޓްތަކުން ދިން ހަމަލާތަކުގައި މީގެ ބައެއްކުދިން ވަނީ މަރުވެފައެވެ. އަދި އޭނާ ޑިމާންޑް ކޮށްފައިވަނީ، ގުރުއާން ކިޔަވާދޭ ސްކޫލްތައް ފިޔަވާ އެހެން ހުރިހާ ސްކޫލެއް ބަންދު ކުރުމަށެވެ.

އަދީ އޭނަ އިތުރަށް ބުނެފައިވަނީ، އެކުދިންނަށް އެހީތެރިވެދިނުމަށް، ނައިޖީރިއާ ސަރުކާރުން ފޮނުވާފައިވާ ހުރިހާ ސިފައިވެސް ޖެހޭނީ އެބުރި ދާށެވެ.

ފާއިތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ބޮކޯ ހަރާމުން ވަނީ، ނައިޖީރިއާގެ އެތަކެއް ސްކޫލަކަށް ހަމަލާދީ އެތައް ކުދިންނެއް ރަހީނު ކޮށްފައެވެ. މީގެ ތެރޭގައި، އެގައުމުގެ އިރު އުތުރުގެ އަވަށެއްކަމުގައިވާ ޗިބިކްއަށް 2014 ވަނަ އަަހަރު ހަމަލާދީ، އެތަކެއް ސްކޫލު ކުދިންނެއް ރަހީނުކުރި ހާދިސާ ފާހަގަ ކޮށްލެވެއެވެ. މިހާތަނަށް އައިއިރު ބޮކޯ ހަރާމް ޖައާއަތުން ގިނައިން ހަމަލާ ދީފައިވަނީ އެގައުމުގެ އިރު އުތުރުގެ ސަރަހައްދުތަކަށެވެ.

މިއަހަރު މިހާތަނަށް އައިއިރު، ނައިޖީރިއާގެ ހުޅަގު އުތުރު ސަރަހައްދުގައި، ހަގުރާމަވެރި ޖަމާއަތްތަކުން ދީފައިވާ ހަމަލާތަކުގައި އެތައްބަޔަކު ވަނީ މަރާލެވިފައެވެ. އެހެންމަވެސް މިހާތަނަށް އައިއިރު، ނައިޖީރިއާގެ ރަސްމީ އިދާރާތަކުން ބުނަމުން އައިސްފައިވަނީ، މިހަމަލާތަކަކީ، އެސަރަހައްދުތަކުގައި ހަރަކާތްތެރި ވަމުން އަންނަ ގޭންގް ތަކުން ދީފައިވާ ހަމަލާތަކެއް ކަމުގައެވެ. އެހެންނަމަވެސް، މިހާތަނަށް އައިއިރު، މި ގުރޫޕްތަކާ ބޮކޯ ހަރާމާ އެއްވެސް ގުޅުމެއް އޮންނަ ކަމެއް އެގިފައެއް ނުވެއެވެ.

ބޮކޯ ހަރާމް ޖަމާއަތުން ދަނީ، 2009 ވަނަ އަހަރުން ފެށިގެން ނައިޖީރިއާގެ އިރު އުތުރު ސަރަހައްދުގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ހަގުރާމަވެރި ހަރަކާތްތައް ހިންގަމުންނެވެ. މިހަމަނުޖެހުންތަކުގައި މިހާތަނަށް އައިއިރު، އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، ގެދޮރު ދޫކޮށް އެތައް މިލިއަން ބަޔަކުވަނީ އެހެން ސަރަހައްދުތަކަށް ހިޖުރަ ކޮށްފައެވެ.

އާންމު ރައްޔުތުން ވަނީ، ނައިޖީރިއާގެ ރައީސް، މުހައްމަދު ބުޚާރީގެ އުފަން އަވަށްކަމަށްވާ، ކަޓްސިނާގައި ހަރަކާތްތެރިވާ ހަގުރާމަވެރިންނާ ދެކޮޅަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާކަމަށް ބުނެ، އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އަދި ވަކީން ޚާއްސަކޮށް، އަންގާރަދުވަހު، ނައިޖީރިއާގެ ރައީސް އޭނާގެ ދަޑު ބިމަށް ޒިޔާރަތްކުރި ވީޑިއޯއެއް އޮންލައިން ކޮށްފައިވާތީ، ކަޓްސިނާގައި ދިން މިހަމަލާގެ ޝިކާރައަކަށް ވީ މީހުންނާމެދު އޭނާގެ އެއްވެސް ހަމްދަރުދީއެއް ނެތްކަމަށް ބުނެވެސް އެތައްބަޔަކު ވަނީ އޭނާއަށް ފާޑު ކިޔާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.