ވިޖޭގެ ދަރިފުޅު ޑައިރެކްޝަނަށް

ވިޖޭގެ ދަރިފުޅު ޑައިރެކްޝަނަށް

Author
ފާތިމަތު ނާވީ
25 ފެބްރުއަރީ 2024 10:44
0

ސައުތުގެ މަޝްހޫރު އެކްޓަރު ވިޖޭ ތަލަޕަތީގެ ދޮށި ފިރިހެން ދަރިފުޅު ޖޭސަން ސަންޖޭ ޑައިރެކްޝަނަށް ނުކުންނަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

23 އަހަރުގެ ޖޭސަންގެ އަލަތު ފިލްމްގެ ސްކްރިޕްޓް މިހާރު ނިންމަމުން އަންނަ ކަމަށާއި ފިލްމްގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މީީޑިއާއިން ވަނީބުނެފައިއެވެ. އަދި އެ ފިލްމު ޕްރޮޑިއުސްކުރާނީ އިންޑިއާގެ އެންމެ ބޮޑު އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ލައިކާ ޕްރޮޑަކްޝަންސް އިންނެވެ.

ލައިކާ އާއި އެކުގައި ޖޭސަން މިހާރު ވަނީ އެއްބަސްވުން ހަދައިފައިއެވެ. އަދި އޭނާގެ ސޯޝަލް މީޑިއާގައި ވަނީ އެކަން އިއުލާން ކުރުމުގެ ގޮތުން އެއްބަސް ވުމުގެ ފޮޓޯތަކެއް ވެސް ހިއްސާ ކޮށްފައިއެވެ. ނަމަވެސް ފިލްމާއި ބެހޭގޮތުން އަދި އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާ ކޮށްފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Jason Sanjay (@_jason__sanjay_)

ވިޖޭ 49، ގެ ދަރިފުޅު ޑައިރެކްޝަނަށް ނުކުންނަން ތައްޔާރުވާ އިރު، އޭނަގެ 2009 ގެ ފިލްމު "ވެއްޓައިކަރަން" ގެ ލަވައަކުން ދެބޭން އެކީގައި ފެނިފައިވެ އެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ވިޖޭގެ ކުރިއަށް އޮތް ފިލްމަކީ ދަ ގްރޭޓެސްޓް އޮފް އޯލް ޓައިމް (ގޯޓް) އެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.