އަނުޝްކާ އާއި ވިރާޓް އަށް ފިރިހެން ކުއްޖެއް ލިބިއްޖެ

އަނުޝްކާ އާއި ވިރާޓް އަށް ފިރިހެން ކުއްޖެއް ލިބިއްޖެ

Author
ފާތިމަތު ނާވީ
21 ފެބްރުއަރީ 2024 08:46
0

އަނުޝްކާ ޝަރުމާ އާއި ވިރާޓް ކޯލީ އަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.

އޭނަ އާއި ފިރިމީހާ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ އަށް މި މަހުގެ 15 ގައި ލިބުނީ ފިރިހެން ކުއްޖެކެވެ. އެ ވާހަކަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ހިއްސާކޮށް ކުއްޖާގެ ނަން ވެސް އާންމުކޮށްފައިވެ އެވެ.

އަނުޝްކާ އާއި ވިރާޓްގެ ދެވަނަ ދަރިފުޅަށް ދިން ނަމަކީ އަކޭ ކޯލީ އެވެ. އަނުޝްކާ ބަނޑުބޮޑުކަން އިއުލާން ނުކޮށް ވިހެއިކަން އިއުލާން ކުރި ނަމަވެސް މީޑިއާގައި މިވާހަކަ ވަރަށް ބޮޑަށް ދެކެވުނެެވެ.

އަނުޝްކާ ވިހެމާއާ ހަމައަށް ދެވަނަ ދަރިފުޅަށް ބަލިވެއިންކަން އުޅުނީ ވަރަށް ބޮޑަށް ސިއްރުކޮށްގެންނެވެ. އަދި އޭނާ ވިހެއީވެސް ގައުމުން ބޭރުގައިއެވެ. އެއީ އެކަން ބޮޑަށް ސިއްރުކުރުމަށް ކަމަށް ބެލެވެއެވެ.

 

View this post on Instagram

 

A post shared by AnushkaSharma1588 (@anushkasharma)

 

ވިރާޓް އާއި އަނުޝްކާ ކައިވެނިކުރީ ޑިސެމްބަރު 11، 2017 ގަ އެވެ. އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު، ވަމިކާ ކޯލީ ވިހެއީ ޖެނުއަރީ 11، 2021 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.