ވަރުން ބައްޕަ އަކަށް ވަނީ

ވަރުން ބައްޕަ އަކަށް ވަނީ

Author
ފާތިމަތު ނާވީ
21 ފެބްރުއަރީ 2024 10:04
0

ބޮލީވުޑް ގެ ޒުވާން އެކްޓަރު ވަރުން ދާވަން އަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން އޭނާ އިއުލާންކޮށްފި އެވެ.

ވަރުންގެ އަންހެނުން ނަތާޝާ ދަލާލް ބަލިވެއިންކަން އޭނާ އިއުލާންކުރީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގަ އެވެ. މީދިއަ އާދިއްތަ ދުވަހުގައި އެ ޕޯސްޓް ކުރުމާއި އެކުގައި ގިނަ ބަޔަކު ވަނީ އެމީހުންނަށް ތަހުނިޔާ ކިޔައިފައިއެވެ.

ވަރޫން އާއި ފެޝަން ޑިޒައިނަރެއް ކަމަށްވާ ނަތާޝާ ދަލާލް ކައިވެނިކުރީ ޖެނުއަރީ 24، 2021 އެވެ. އެ ދެ މީހުންނަކީ ކިޔަވަން އުޅުނު ދުވަސްވަރުން ފެށިގެން ވަރަށް ގާތް ދެ މީހުންނެވެ.

 

View this post on Instagram

 

A post shared by VarunDhawan (@varundvn)

ވަރޫން އަކީ މަޝްހޫރު ޑައިރެކްޓަރު ޑޭވިޑްގެ ދެ ކުދިންގެ ތެރެއިން ހަގު ދަރިފުޅެވެ. ވަރޫންގެ ބޭބެ ޑައިރެކްޓަރު ރޯހިތު ދަވަން 2012 ގައި ކައިވެނިކޮށް މިހާރު ދެ ދަރިން އެބަތިއްބެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.