އިންޑިޔާއާއި ދެކޮޅު ކުރާ ކެންޕެއިންގައި އައިސިސްގެ ބައިވެރިވުން އޮތްކަމުގެ އިތުރު ތުހުމަތުތަކެއް

އިންޑިޔާއާއި ދެކޮޅު ކުރާ ކެންޕެއިންގައި އައިސިސްގެ ބައިވެރިވުން އޮތްކަމުގެ އިތުރު ތުހުމަތުތަކެއް

Author
މުޙައްމަދު ޝަޒައިމް
09 އޮކްޓޯބަރ 2020 08:49
0

ރާޢްޖޭގައި ތިބި އިންޑިޔާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ގޮވާލައި ރާއްޖޭގައި އިންޑިޔާއާއި ދެކޮޅަށް ހިންގާ ހަރަކާރުގައި އައިސިސްގެ ބައިވެރިވުން ބޮޑުކަމަށް ރައީސް ނަޝީދު އަނެއްކާވެސް ތުހުމަތު ކުރައްވައިފި އެވެ.

އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށާއި، އިންޑިޔާ ސިފައިން ރާއްޖޭގައި ތިބި އަދަދު ހާމަކުރުމަށް ގޮވާލައި ހިންގާ ހަރަކާތަކީ އައިސިސް އާއި ގުޅުންއޮތް ހަރަކާތެއްކަމަށް ރައީސް ނަޝީދު ވަނީ އެކި ފަހަރު މަތީން ވިދާޅުވެފަ އެވެ. ރައީސް ނަޝީދުގެ މިވާހަތަކާއި ގުޅިގެން ގިނަ ބަޔަކު ރައީސް ނަޝީދަށް ރައްދު ދެއްވައި ބަހުގެ ހަމަލާތައް ބަދަލު ކުރެއްވުމުން މިއަދު ވަނީ އަނެއްކާވެސް އެވާހަތައް ތަކުރާރުކޮށް، އިތުރު ތުހުމަތު ތަކެއް ވަނީ ކުރައްވާފައެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިޔާއާއި ދެކޮޅަށް ކުރާ ކެމްޕެއިންގައި އައިސިސް އިން ބޭނުން ކުރަމުންދާ ކަޅު ދިދަ ބޭނުން ކުރުމަކީ އައިސިސް ރަމްޒު ކޮށްދޭ ކަމެއްކަމަށެވެ. އަދި މިހާރު އެ ދިދައިގައި ބޭނުން ކުރަމުންދާ ލިޔުންވެސް އައިސިސްގެ ދިދައިގައި ބޭނުން ކުރަމުންދާ ލިޔުމަށް ބަދަލުކުރުމަށް މަޝްވަރާ ކުރެވިފައިވާކަމަށެވެ. މިއީ ދިވެހިން ހޭލަތިބެ ސަމާލުވާންޖެހޭ ކަންތައްތަކެއްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

 

ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމާމެދު ކަންބޮޑުވެގެން ގިނަ ދިިވެހިން އުޅޭ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ގުޅިގެން ނަޝީދު ވިދާޅުވީ ގައުމުގެ ސަލާމަތަށްޓަކައި ބޭރު ސިފައިން ތިބުމަކީ އެހެން ގައުމުތަކުގައި ވެސް ކުރާ ކަމެއް ކަމަށެވެ. އަދި ސަރުކާރުން މިހާރު މަސައްކަތް ކުރަނީ އިންޑިއާ ކަނޑުގެ ސަލާމަތަށްޓަކައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް"ގެ ނަމުގައި ސޯޝަލް މީޑިއާގައި ދަނީ ކެމްޕެއިނެއް ހިންގަމުންނެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދާއި އެމީހުންނަށް ކުރަމުން އަންނަ ޚަރަދު އޮޅުންފިލުވުމަށް އޮންލައިން ނޫހަކުން އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅި މައްސަލަ އާއި ގުޅިގެން ޑިފެންސް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރ ވިދާޅުވީ، އިންޑިއާ ސިފައިންގެ މައުލޫމާތު ހާމަކޮށްފި ނަމަ މި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް ބުރޫއަަރާފާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.