ހެޔޮ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮކަންބޮޑު އަމަލަކީ ދެމިހުންނަނިވި ގޮތުގައި ކުރެވޭ އަމަލު ކަމުގައި މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވީ ތިމާގެ އުމުރު ދުވަސްތަކަކީ ކިހާދުވަހެއްކަން އެއްވެސް މީހަކަށް އެނގިގެން ނުވާކަމަށާއި، ނަމަވެސް އުމުރުގެ ދުވަސްތަކަށް ނިމުމެއް އަންނާނެކަމީ ކަށަވަރުވެގެންވާ ކަމެއް ކަމުގައެވެ. އަދި އެވަގުތު އަންނަނީ ކިހިނެއް ކޮންއިރަކު، ކޮންތާކު ހުއްޓާކަމެއް އެއްވެސް މީހަކަށް ނޭގޭނެ ކަމުގައެވެ.
މުސްލިމް އަޚުންނޭވެ! "ވެހޭތާ ފެންނަގާށޭ" ބުނާފަދައިން ލިބިފައި އޮތް ފުރުސަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް އެންމެހާ އަޚުންނާއި އުޚުތުންނަށް ނަސޭހަތްތެރި ވަމެވެ. ހެޔޮކަންތަކާއި ހެޔޮ ޢަމަލު ކުރެވޭނީ ގައިގައި ބާރު ހުއްޓައެވެ. މުސްކުޅިވެ ވަރުދެރަވުމުން ފުރިހަމައަކަސް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އެހެންކަމުން ވަގުތު ފާއިތު ނުވަނީސް ހެޔޮޢަމަލުގައި އަވަދިނެތި އުޅެވޭތޯ މަސައްކަތް ކުރާށެވެ!
ޚުޡުބާގައި ވިދާޅުވިއެވެ.
މިއަދުގެ ޚުޡުބާގައި ވިދާޅުވީ ކޮންމެ ޢަމަލަކީވެސް އިސްލާމް ދީނުގެ ތަރަހައިގެ ތެރޭގައި ކުރަންޖެހޭ އަމަލެއް ކަމަށާއި، އެގޮތުގެމަތީގައި ހުރެވިއްޖެނަމަ އޭނާއަށް އެހުރެވެނީ އަޅުކަމުގެ ތެރޭގައި ކަމުގައެވެ. އެހެންނަމަވެސް އެކަމުގެ ތެރޭގައި އިސްލާމް ދީނުގައި މަނާކުރައްވާފައިވާ ކަމެއް ވާނަމަ، އަޅުކަމުގެ އިމުން ބޭރުވެ ފާފަވެރިވާނެކަމަށްވެސް ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.
އެކަން ލިޔެވިގެންދާނީ ހެޔޮނޫން އަމަލުތައް ލިޔެވޭ ފަތުގައެވެ. އެކަމަށް ކަނޑައެޅިފައިވާ ޖަޒާ އޭނާއަށް ދެއްވާނެއެވެ! އެކަމަށް ރައްކާތެރިވުމަށް ހަނދާން ކޮށްދެމެވެ! ހެޔޮ ޢަމަލުކުރުން އިތުރުކުރުމަކީ، ގަސްތަކާނުލާ ކުރެވޭ ފާފައިން އަަޅަމެން ސަލާމަތް ކުރައްވާނޭ ކަމެކެވެ.
މިއަދު ޚުޡުބާގައި ބަޔާން ކޮށްފައި ވެއެވެ.
ކޮމެންޓު ފޮނުވާ