މި ހަފްތާގެ ކުރީކޮޅުގައި ސްޓްރޯކެއް ޖެހިގެން އެޑްމިޓް ކޮށްފައިވާ ކުރީގެ މަޝްހޫރު އެކްޓަރު މިތުން ޗަކްރަބޮތީގެ ހާލު އާންމު ހާލަތަކަށް އައުމާއި އެކުގައި ގެޔަށް ދޫކޮށްލައިފައިއެވެ.
73 އަހަރުގެ މިތުންގެ މެއަށް ތަދެއް އަރައިގެން ކޮލްކަތާގެ އެޕޯލޯ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ވަނީ ފަރުވާ ދީފައިއެވެ.. އަދި އޭނާ އެޑްމިޓްކުރި ހޮސްޕިޓަލުގެ އޮފިޝަލުންނާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނީ އޭނާ އިސެމިކް ސެރެބްރޯވަސްކިއުލާ ސްޓްރޯކް އަށް ޑައިގްނޯސް ކޮށްފައިވާ ކަމަށެވެ.
މީގެ ދެދުވަހެއް ކުރިން ހޮސްޕިޓަލް އާއި ހަވާލާ ދީ މީޑިއާއިން ވަނީ މިތުން ވަރަށް އަވަހަށް ގެއަށް ދޫކޮށްލާނެ ކަމަށް ބުނެފައިއެވެ. އަދި އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށާއި ކަންބޮޑުވާން ޖެހޭ ކަމެއް ނެއްކަމަށްވެސް ވަނި ބުނެފައިއެވެ.
މީޑިއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިތުން ގެއަށް ދޫކޮށްލީ މިއަދުގެ ވަގުތެއްގައިއެވެ. އަދި އޭނާގެ ސިއްހީ ހާލު މީހާރު ވަނީ ވަރަށް ބޮޑުތަން ރަނގަޅުވެ އާންމު ހާލަތަކަށް އައިސްފައިއެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރުގެ ކިޑްނީގައި ހިލަ އުފެދިގެން 2022 ގައި އެޑްމިޓްކޮށް ފަރުވާ ދީފައިވެ އެވެ. ފިލްމީ ދާއިރާއާ ދުރުގައި އުޅެމުން އަންނަ މިތުން މިހާރު ގިނައިން ފެންނަނީ ސިޔާސީ މަސައްކަތްތަކުގައި އުޅޭ ތަނެވެ. އޭނާ އަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ މިދިޔަ ދައުރުގެ މެމްބަރެކެވެ.
ކޮމެންޓު ފޮނުވާ