ސައުތުގެ ފިލްމީ ތަރިން މާ އަހުލާގު ރަނގަޅު: އިމްރާން ހާޝީމީ

ސައުތުގެ ފިލްމީ ތަރިން މާ އަހުލާގު ރަނގަޅު: އިމްރާން ހާޝީމީ

ބޮލީވުޑްގެ ފިލްމީ ތަރިންނާއި އާޅާ ބަލާއިރުގައި ސައުތުގެ ތަރިންނަކީ އަހުލާގު ގޮތުން މާ މަތީ ބައެެއް ކަމަށް ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝިމީ ބުނެފިއެވެ.

މިފަހުން މިޑިއާގައި ވާހަކަދައްކަމުން އިމްރާން ބުނީ ސައުތުގެ އެކްޓަރުން އަދި ޑައިރެކްޓަރުންނަކީ ވެސް އިސްރާފާއި ވަރަށް ދުރު ބައެއް ކަމަށާއި އެމީހުން ފިލްމް އަކަށް ކުރާ ހަރަދު އެ ފިލްމް އަކުން ފެނިގެންދާ ކަމަށެވެ.

" ފިލްމް އެއް އުފެއްދުމަށް ހޭދަ ކުރާ ބައިރުފިޔާ ފޮއްޗެއްގެ މިންވަރުވެސް އިސްރާފެއް ނުވޭ. އެ އެ ފިލްމް އަކަށް ހަރަދު ކުރަނީ އަދި ނުވިތާކަށް އެ ކުރި ހަރަދު ފިލްމް އިން ވެސް ފެންނަން އޮވޭ"

މީގެ އިތުރުން ސައުތު ފިލްމް އިންޑަސްޓްރީގެ ތަރިންނަކި ވަރަށް ބުރަ މަސައްކަތް ކުރާ ބައެއް ކަމަށް ގަބޫލު ކުރާ ކަމަށާއި އެމީހުންގެ އެ މަސައްކަތް އެކްޓިންގ އިން ފެނިގެން ދާކަމަށް ވެސް އޭނާ ވަނީ ބުނެފައިއެވެ.

"ސައުތުގެ ފިލްމް ތަކުގެ ވީއެފްއެކްސް އަދި އެކްޝަން މަންޒަރު ތަކައި ވާހަކަ ބިނާ ކޮށްފައި ހުންނަ ގޮތްތަށް ވެސް ބޮލީވުޑް އާއި އަޅާ ކިޔާލާއިރުގައި ބޮޑު ތަނުން ރަނގަޅު. "

އިމްރާން އެންމެ ފަހުން ފެނިގެން އިދައީ މިދިއަ އަހަރު ރިލިޒް ކުރި ކާމިޔާބު ފިލްމް "ޓައިގާ 3″ އިންނެވެ. މި ފިލްމްގައި އޭނާ ފެނިގެން ދިއައީ ވިލަން އެއްގެ ގޮތުގައިއެވެ. ފިލްމް ގެ ލީޑުން އިމްރާން އާއި އެކުގައި ފެނިގެންދިއައީ ސަލްމާން ހާން އާއި ކެޓްރީނާ ކައިފްއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *