"އޭ ވަތަން…މޭރޭ ވަތަން" ޕްރިމިއާ ކުރާ ތާރީހް އިއުލާން ކޮށްފި

"އޭ ވަތަން…މޭރޭ ވަތަން" ޕްރިމިއާ ކުރާ ތާރީހް އިއުލާން ކޮށްފި

Author
ފާތިމަތު ނާވީ
16 ފެބްރުއަރީ 2024 04:58
0

ޒުވާން ބަތަލާ ސާރާ އަލީ ހާން ގެ ކުރިއަށް އޮތް ފިލްމް "އޭ ވަތަން…މޭރޭ ވަތަން"  އަންނަ މަހުގެ 21 ގައި ޕްރީމިއާކުރަން ނިންމައިފި އެވެ.

ސިނަމާގެ ބަދަލުގައި އޯޓީޕީ ޕްލެޓްފޯމް އަށް މި ފިލްމް ދޫކޮށްލާއިރުގައި މި ފިލްމް އަކީ ވަރަށް ވަތަނީ ފިލްމްއެކެވެ. މި ފިލްމްގެ ޕޯސްޓެއްވެސް މިހާރު ވަނީ އާންމު ކޮށްފައިއެވެ. އެ ޕޯސްތަރުން ވެސް ސާރާ ފެނިގެން ދަނީ ވަރަށް ވެސް ތަފާތު ގޮތަކަށެވެ. މީ މިފަދަ ފިލްމްއެއްގައި ސާރާ މަސައްކަތް ކުރާ ފުރަތަމަ ފަހަރުވެސް މެއެވެ.

 

View this post on Instagram

 

A post shared by Sara Ali Khan (@saraalikhan95)

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި އެމެޒޯން ޕްރައިމް ވީޑިއޯ ގުޅިގެން ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމު ޕްރިމިއާ ކުރާނީ އެމެޒޯން ޕްރައިމް ވީޑިއޯ އިންނެވެ. "އޭ ވަތަން…މޭރާ ވަތަން" އަކީ އިންޑިއާ އަށް މިނިވަންކަން ހޯދަން ކުރި މަސައްކަތުގެ ދުވަސްވަރުގެ ވާހަކައެއް ކިޔައިދޭނެ އެއްޗެކެވެ.

"އޭ ވަތަން…މޭރޭ ވަތަން" ގެ ޑައިރެކްޓަރަކީ ކަންނާން އައްޔަރެވެ. އޭނަ އަކީ 2013 ގެ ސުޕަނެޗްރަލް ތުރިލާ "އޭކް ތީ ޑާޔަން" ގެނެސްދިން ޑައިރެކްޓަރެވެ. ނަމަވެސް ފިލްމް ޕްރިމިއާ ކުރާނެ ތާރީހެއް އަދި އިއުލާން އެއް ނުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.