އަނުޝްކާ ބަންޑުބޮޑެއް ނޫން

އަނުޝްކާ ބަންޑުބޮޑެއް ނޫން

Author
ފާތިމަތު ނާވީ
16 ފެބްރުއަރީ 2024 10:48
0

ބޮލީވުޑްގެ ތަރި، އަނުޝްކާ ޝަރުމާ އިނީ ދެވަނަ ކުއްޖަކަށް ބަލިވެ ކަމަށް މީޑިއާގައި ދެކެވޭ ތާ ދުވަސްގަނޑެއް ފަހުން އެވާހަކަތަކަކީ ހާގީގަތެއް ނެތް ދޮގު ވާހަކަ ތަކެއް ކަން އެނގިއްޖެއެވެ.

މިނިފޫހި ފިލުމުގެ ހަބރުތަށް ގެނެސްދޭ ނޫސްތަކުން މި ހަބަރު ގެނެސްދިންތާ މާގިނަ ދުވަހެއް ނުވަނީސް އަނުޝްކާއާއި ވިރާޓްގެ ގާތް އެކުވެރިއެއް ކަމުގައިވާ ޑި ވިލިއާސް އޭނާގެ ޔޫޓިއުބް ޗެނަލްގައި އެކަން އާއްމުކޮށް ޔަގީން ކޮށްދިންވެސް މެއެވެ.

އެހެން ނަމަވެސް އޭގެ ދެތިން ދުވަސް ފަހުން އެ ހަބަރުތަކަކީ މުޅިން ދޮގު ހަބަރުތަކެއްކަން މިވަނީ އެނގިފަ އެވެ. އެކަން އެ ހަބަރު އިއުލާންކުރި އެކުވެރިޔާ ވެސް ވަނީ ޔަގީން ކޮށްދީފަ އެވެ.

 

View this post on Instagram

 

A post shared by AnushkaSharma1588 (@anushkasharma)

 

އަނުޝްކާ ދެވަނަ ކުއްޖަކަށް ބަލިވެއިން ކަމަށް ފުރަތަމަ އަޑުފެތުރުނީ މިދިޔަ އަހަރު ނޮވެމްބަރުގަ އެވެ. ވިރާޓް އާއި އަނުޝްކާ ކައިވެނިކުރީ ޑިސެމްބަރު 11، 2017 ގަ އެވެ. އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު، ވަމިކާ ވިހެއީ ޖެނުއަރީ 11، 2021 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.