މަދުވެގެން 65 ގޮނޑި އެމްޑީޕީން ކާމިޔާބު ކުރާނެ: ފައްޔާޒު

މަދުވެގެން 65 ގޮނޑި އެމްޑީޕީން ކާމިޔާބު ކުރާނެ: ފައްޔާޒު

ގުޅުންހުރި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން މަދުވެގެން 65 ގޮނޑި ނަގާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި ގާއިމްކޮށްފައިވާ އިންތިހާބާ ބެހޭ މަރުކަޒަށް ކެންޑިޑޭޓުންގެ ފޯމްތައް މިއަދު ހުށަހެޅުމަށްފަހު ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ ވީހާވެސް ގިނަ ގޮނޑިތައް ނެގުން ކަމުގައެވެ. ހަމަ އެއާއެކު ފައްޔާޒު ވިދާޅުވީ 19 މަޖިލިހުގައި އެމްޑީޕީން ނެގިވަރަށް ގޮނޑިތައް މަދުވެގެން ނަގާނެ ކަމުގައެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހާ އެއްވަރު ނޫނީ އެއަށްވުރެ ރަނގަޅު އަދަދެއް ކާމިޔާބު ކުރަން މަސައްކަތް ކުރާނީ.

ފައްޔާޒު ވިދާޅުވި އެވެ.

ދަރުބާރުގޭގައި ގާއިމްކޮށްފައިވާ އިންތިހާބާ ބެހޭ މަރުކަޒަށް ކެންޑިޑޭޓުންގެ ފޯމްތައް މިއަދު ހުށަހަޅާފައިވާއިރު ޕާޓީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ދަރުބާރުގޭގައި ހަދާފައިވާ އިންތިހާބުގެ މައި މަރުކަޒުން އެމްޑީޕީގެ ކެންޑިޑޭޓުންގެ ފޯމުތަކާ ހަވާލުވެވަޑައިގަތީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީން ހުރިހާ ދާއިރާއަކަށްވެސް ކެންޑިޑޭޓުން ވަނީ ނެރެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލީ މިދިޔަ ޖެނުއަރީ 30 ވަނަ ދުވަހު އެވެ. މިމުއްދަތު ހަމަވާނީ އަންނަ އަންގާރަ ދުވަހު އެވެ.

މިއަހަރުގެ މަޖިލިސް އިންތިޚާބު އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް އީސީން ނިންމާފައިވީ ނަމަވެސް ކުރިއަށް އޮތް ރޯދަ މަސް ނިމޭ ދުވަހުން ފެށިގެން 10 ދުވަސް ފަހުން އިންތިހާބު ބާއްވަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ އިންތިޚާބުތަކާބެހޭ ޢާއްމު ގާނޫނު ފަސްކޮށްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ