ހުޅުމާލެ ފަރުކޮޅުފުށީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެ

ހުޅުމާލެ ފަރުކޮޅުފުށީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެ

Author
އަހުމަދު
11 ފެބްރުއަރީ 2024 04:46
0

ހުޅުމާލެ ފަރުކޮޅުފުށީގައި ހުރި ގުދަނެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހަވީރު ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ގުދަނަކީ ކޮންޓެއިނަރުން ހަދާފައި ހުރި ތަނެކެވެ. އަދި އަލިފާން ރޯވެފައިވަނީ ކޮންޓެއިނަރު އެތެރޭގައި ހުރި ހާޑްވެއާ ސާމާނުތަކެއްގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. މި ހާދިސާގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.