އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގެ އެންމެ އަގުބޮޑު ނިއުމަތަކީ ފަރުޟު ފަސް ނަމާދު: ޚުޡުބާ

އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގެ އެންމެ އަގުބޮޑު ނިއުމަތަކީ ފަރުޟު ފަސް ނަމާދު: ޚުޡުބާ

ގުޅުންހުރި

ކީރިތި ރަސޫލާގެ އިސްރާޢާއި މިއުރާޖު ދަތުރުފުޅުގެ ތެރޭގައި މާތްﷲ މި އުއްމަތަށް ދެއްވި އެންމެ އަގުބޮޑު ނިޢުމަތަކީ ފަރުޟު ފަސް ނަމާދު ވާޖިބު ކުރެއްވުން ކަމުގައި މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.

"އިސްރާއާއި މިޢުރާޖުގެ ޒިކުރާގެ ތެރެއިން" މި މައުޟޫއަށް ޚާއްސަ ކުރެވިގެންދިޔަ މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވީ އިސްރާޢާއި މިއުރާޖުގެ ހާދިސާއަކީ އީމަންކަމާއި ތަރުބިއްޔަތާއި އިޖުތިމާޢީ ދަރުސްތަކެއް އެކަމުގައި ހިމެނޭ ހާދިސާއެއް ކަމުގައެވެ. އަދި އެއީ ﷲގެ ކުޅަދުންވަންތަކަން ހާމަކޮށްދޭ އަމަލީ ހާދިސާއެއްކަން ބަޔާންކޮށްދެމުން، މިއަދުގެ ޚުޡުބާގައި ވިދާޅުވީ އެ ހާދިސާ ވެގެންދިޔައީ މުއުމިނުންނާއި ކުރިމަތިވި ބޮޑު އިމްތިހާނަކަށް ކަމުގައެވެ.

މުސްލިމް އަޚުންނޭވެ! މި މަތިވެތި ދަތުރުފުޅުގެ ތެރޭގައި މާތްﷲ މިއުއްމަތަށް ދެއްވި އެންމެ އަގުބޮޑު ނިޢުމަތަކީ ފަރުޟު ފަސް ނަމާދު ވާޖިބު ކުރެއްވުމެވެ. ރަސޫލާ އެކަލޭގެފާނުގެ އަޚުން ކަމުގައި ނަބީބޭކަލުންނާއެކު އިމާމުވެ ވަޑައިގެން ޖަމާއަތުގައި ނަމާދު ކުރެއްވި ކުރެއްވުމުން މި ޝަޢީރާގެ މަތިވެރިކަމާއި ގަދަރުވެރިކަން ހާމަވެގެން ދެއެވެ. އެހެން ފަރާތެއް މެދުވެރި ނުކުރައްވާ ސީދާ ﷲ ސުބުޙާނަހޫވަތަޢާލާ މިއުއްމަތުގެ މައްޗަށް ނަމާދު ފަރުޟު ކުރެއްވުމުން މި ފަރީޟާގެ މަތިވެރިކަން އެނގެއެވެ.

މިއަދުގެ ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޡުބާގައި އިތުރަށް ވިދާޅުވީ، ނަމާދަކީ ދީނުގެ ތަނބު ކަމުގައެވެ. އެއީ އީމާންކަން މިނެދޭ މިންގަޑު ކަމަށާއި މަޙްޝަރުގެ ބިމުގައި ހިސާ ބެއްލެވޭއިރު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާބެހޭގޮތުން ކަމުގައި މިއަދުގެ ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

އެކަން ރަގަޅުވެއްޖެ ނަމަ މީހާގެ ދެންހުރި ކަންތައް ރަގަޅުވެދެއެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމުގެ ދާންމަތިކޮޅުގައި އޮންނަފައި އެންމެ ފަހުން އުއްމަތަށް ކުރެއްވި ވަޞިއްޔަތުގައިވެސް ނަމާދަށް ރައްކާތެރިވުމަށް އަންގަވާފައި ވެއެވެ.

ޚުޡުބާގައި ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *