ދިވެހި ޅެމުން ނަފްސާނީ ދުޅަހެޔޮކަމާއި އަދި ނަފްސނީ ބައްޔަށް ފަރުވާ ހޯދުމައި ގުޅޭ އިލްމީ މަސައްކަތް އެކުލަވާލައި ކުރިއަށް ގެންދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.
ކަމާއި ގުޅުންހުރި މުވައްސަސާތަކާއި ގުޅިގެން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މި މަޝްވަރާތައް ބާއްވާފައިވަނީ އިއްޔެއެވެ.
އެ ވުޒާރާއިން ބުނެފައިވަނީ ކަމާއި ގުޅުންހުރި މުވައްސަސާތަކާއެކު ބޭއްވުނު މި މަޝްވަރާ ބައްދަލުވުންތަކުގެ މަގްސަދަކީ، ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމާއި، ނަފްސާނީ ފަރުވާގައި ދިވެހި ޅެން ބޭނުން ކުރުމުގެ ޢިލްމީ މަސައްކަތް އެކުލަވާލައި ކުރިއަށް ކުރިޔަށް ގެންދާނެ ގޮތްތަކާއި ގުޅޭގޮތުން ކުރިޔަށް ގެންދެވުނު މަޝްވަރާ ބައްދަލުވުންތަކެއް ކަމުގައެވެ.
ދިވެހި ޅެން ބަހުރުވަ ބޭނުން ކޮށްގެން ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ ދިވެހި ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމަށް ގދ. ތިނަދޫގައި މީގެ ދެހަފްތާކުރިން ބޭއްވި ޖަލްސާގައި ވާހަކަދައްކަމުންނެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީރު ވިދާޅުވީ ޅެން ބޭނުންކޮށްގެން ނަފްސާނީ ކަންކަމަށް ފަރުވާ ދިނުމަކީ ކުރިއަރާފައިވާ ދުނިޔޭގެ ވަރަށް ގިނަ ތަންތަނުގައި ކުރެވޭ ކަމެއް ކަމަށާއި މިކަން ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ކުރެވިދާނެތޯ ބެލުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.
ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ މި ދަންނަވާ ފަރުވާ ދެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި އެކަން ތައާރަފް ކުރެވޭތޯ، އެ މަސައްކަތް އެބަ ކުރަމު. އެކަން އަޅުގަނޑުމެންނަށް ކާމިޔާބު ވެއްޖެނަމަ ދިވެހި ޅެމަށް އަނެއްކާވެސް އެހެން ޖާގައެއް، އެހެން ދަރަޖައެއް އެ ލިބުނީ.
ނަސީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިމަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެމުންދާ ފަރާތްތަކަށް އެއީ ކުރެވިދާނެކަމެއް ކަމަށް ބުނަމުންދާ ކަމުގައެވެ. އޭނާ ވިދާޅުވީ މިއީ ކުރަންޖެހިފައި އޮތްކަމެއް ކަމަށާއި، މިނިސްޓްރީން މަސައްކަތް ކުރަމުންދަމީ ކައިރި މުސްތަގުބަލެއްގައި މިކަމަށް އަމަލީ ސިފައެއް ގެނައުމަށް ކަމުގައެވެ.
މީގެއިތުރުން ޅެމަކީ އޭގެއިން ސިއްހީ ފަރުވާ ދެވޭ ވަސީލަތެއް ކަމަށާއި އަދި ޅެންތައް ބޭނުންކޮށްގެން ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުންނަށް އުފާވެރިކަން ގެނެސްދީ، ފިކުރުތަކާއި ދުރުކުރެވިދާނެކަން ދިރާސާތަކުން ދައްކާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.