ޓޫރިޒަމްގެ ޕީއެސް އިސްތިއުފާ ދީފި

ޓޫރިޒަމްގެ ޕީއެސް އިސްތިއުފާ ދީފި

Author
ހުސެއިން
07 ފެބްރުއަރީ 2024 04:02
0

ޓޫރިޒަމް މިނިސްޓްރިހެ ޕީއެސް ފާތިމަތު ނިލްފާ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ، އޭނާ މަގާމުން އިސްތިތިއުފާ ދިނުމާއި ގުޅިގެން ވަގުތީ ޕީއެސްއެއް މިހާރު އައްޔަންކޮށް އެ ވަޒީފާއަށް މީހަކު ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ.

ސިވިލް ސާވިސް ކޮމިޝަންއާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ނިލްފާ އިސްތިއުފާ ދެއްވީ މިނިސްޓްރީ ތެރޭގައި މަސައްކަތް ކުރާނޭ 'މާހައުލެއް މިހާރު ނެތް’ކަމަށް ވިދާޅުވެއެވެ.

ނިލްފާ  މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް  އިސްތިއުފާގެ ސިޓީގައި ބަޔާން  ކޮށްފައި ވަނީ މަސައްކަތް ކުރެވޭނެ މާހައުލެއް ނެތުމުން މަގާމުގައި އިތުރަށް ހުންނަން ޝައުގުވެރިކަން ނެތުން ކަމަށް އެގިފައި ވެއެވެ.

އެހެންނަމަވެސް އެއީ ކޮން ސަބަކާހެދި ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.