ގައުމީ ބެންކް، ބީއެމްއެލުން ދެމުންދާ ބައެއް ހިދުމަތްތައް ދޭ ތަންތަން ބަދަލުކޮށްފިއެވެ.
ބެންކް އޮފް މޯލްޑިވްސް އިން ބުނީ އެ ބެންކުގެ މައި ބްރާންޗުގެ 2 ވަނަ ފަންގިފިލާއިން ދެމުންގެންދާ، ވިޔަފާރި ތަކުގެ ހިދުމަތްތައް 20 ޑިސެމްބަރު ވާ އަންނަ އާދީއްތަ ދުވަހުން ފެށިގެން ދެމުންގެދާނީ ބޮޑުތަކުރުފާނު މަގުގައި ހުޅުވާފައިވާ ބީއެމްއެލްގެ ބިޒްނަސް ސެންޓަރުން ކަމަށެވެ. އެގޮތުން ކުރިން މައި ބްރާންޗުން ވިޔަފާރިތަކަށް ދިން، މައުލޫމާތު އަޕްޑޭޓް ކުރުމާއި، އެކަނުންޓު ބަންދު ކުރުމާއި، ސްޓޭޓްމަންޓަށް އެދި ހުށައެޅުމާއި، ޗެކް ފޮތަށް އެދި ހުށައެޅުމުގެ އިތުރުން ރެފަރެންސް ސިޓީ ދޫކުރުން އަންނަ އާދީއްތަ ދުވަހުންފެށިގެން ބިޒްނަސް ސެންޓަރަށް ބަދަލު ވާނެ ކަމަށް ބެންކުން ބުނެއެވެ.
— Bank of Maldives (@bankofmaldives) December 16, 2020
މީގެ އިތުރުން މީގެ ކުރިން އަމީރު އަހުމަދު މަގުގެ އޭޑީކޭ ޓަވަރގައި ދެމުންދިޔަ މަރޗަންޓް ސަރވިސް ޔުނިޓްގެ ހިދުމަތްތައްވެސް އިއްޔެއިން ފެށިގެން ބެންކުގެ މައި އިދާރާގެ 5 ވަނަ ފަންގިފިލާއަށް މިހާރު ވަނީ ބަދަލިކޮށްފައެވެ.
— Bank of Maldives (@bankofmaldives) December 14, 2020
ބެންކުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަ ކުރުމަށް އެ ބެންކުން އަންނަނީ ހިދުމަތްދޭ ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ވަނީ އަމީނީމަގު ބްރާންޗުގެ ލޯނުސެންޓަރުން ދެމުންގެންދިޔަ ލޯނުގެ ހުރިހާ ހިދުމަތެއް ބެންކުގެ މަޖީދީމަގު ބްރާންޗަށް (ކުރީގެ ސްޓާރސިނަމާ އިމާރާތް) ބަދަލުކޮށްފަ އެވެ.