ޝަހާދަތުގެ ދެކަލިމައަކީ އަޒާބާއި ޢުގޫބާތުގެ ހުރަގެ ކަމުގައިވާ ޖަހަންނަމައިން އިންސާނާ ސަލާމަތް ކޮށްދޭ އައްޑަނަ ކަމުގައި މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ. އަދި ޚުޡުބާގައި ވިދާޅުވީ ޝަހާދަތުގެ ދެކަލިމައަކީ މުސްލިމުން އޭގެ މަތީގައި ދިރިއުޅުން ބިނާކުރާ އިސްލާމީ ޝަރީއަތުގެ އަސާސްކަމުގައެވެ.
"ޝަހާދަތުގެ ދެކަލިމައާއި ޙަޔާތާ ހުރި ގުޅުން" މިމައުޟޫއަށް ޚާއްސަކުރެވިގެންދިޔަ މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވީ ޝަހާދަތުގެ ދެކަލިމައަކީ ޖަހާލަތާއި ކުފުރުގެ އަނދިރިކަމުން ހިދާޔަތުގެ އަލިގަދަ ނޫރުގެތެރެއަށް އިންސާ ވައްދައިދޭ ދަންމަރު ކަމުގައެވެ.
ﷲ ތަޢާލާގެ އަޒާބާއި ޢުގޫބާތުގެ ހުރަގެ ކަމުގައިވާ ޖަހަންނަމައިން އިންސާނާ ސަލާމަތް ކޮށްދޭ އައްޑަނައެވެ. އަދި، އެކަލާނގެ ދިންނެވުމާއި ނިއުމަތުގެ ގޯތިކަމުގައިވާ ސުވަރުގެއަށް އިންސާނާ ވާސިލްކޮށްދޭ ވަސީލަތެވެ. ހަމަ އެހެންމެ އެއީ އަހަރެމެން އޭގެ މަތީގައި ދިރިއުޅުން ބިނާކުރާ އިސްލާމީ ޝަރީޢަތުގެ އަސާސެވެ.
މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.
މިއަދުގެ ޚުޡުބާގައި ވިދާޅުވީ ޝަހާދަތުގެ ދެކަލިމައަށް ފުރިހަމަޔަށް އީމާންވާ މީހާ، އެއްވެސް ސިފައެއްގައި އެކަނލާގެއާ އެހެން ފަރާތަކާ އިލާހުވަންތަކަމާއި ރައްބުވަންތަކަމުގައި، ޝަރީކު ކޮށްގެން ނުވާނެކަމުގައެވެ.
ޚުޡުބާގައި އިތުރަށް ވިދާޅުވީ ޝަހާދަތުގެ ދެކަލިމައަށް ފުރިހަމަ ގޮތުގައި އިމާންވުމަށްޓަކާ މި ދެކަލިމަ މުސްލިމާގެ ހަޔާތާ ގުޅީފައިވާ ގޮތްތައް ދެނެގަތުމަކީ ކޮންމެހެން މިހިންމުކަމެއް ކަމަށެވެ.
އެހެނީ ޝަހާދަތުގެ ދެކަލިމަ ނިސްބަތްވަނީ މާތްﷲ އާއި، އެކަނލާގެ ރަސޫލާ މުޙައްމަދު ޞޢވ. އަށެވެ. ޝަހާދަތުގެ ދެ ކަލިމަ އޭގެ ހަގީގީ މާނާގައި ހިތުގެ އަޑި ގަބޫލުކުރާ މީހާ، މާތްﷲގެ ފޮތާއި ކީރިތި ރަސޫލާގެ ސުންނަތް އޭނާގެ ހަޔާތާ ގުޅުވާލާނެއެވެ.
ޚުޡުބާގައި ވިދާޅުވިއެވެ.
މިއަދުގެ ޚުޡުބާގައި ވިދާޅުވީ ޝަރީއަތުގެ މި ދެ މަސްދަރު އުގެނި، އޭގައިވާ އެއްޗެއްގެ މުރާދު ދެނެގަތުމަށް މަސައްކަތްކޮށް އެއަށް އަމަލުކޮށް އެއާ އެއްގޮތަށް އޭނާގެ ހަޔާތް ބައްޓަންކުރާ މީހަކަށް ކޮންމެ މުސްލިމަކުވެސް ވާންވާނެ ކަމުގައެވެ.