އަންނަ މަހު 14 ގައި "ނޮވެމްބާ" މީޑީއާ ނެޓުން ބަލައިލެވޭނެ

އަންނަ މަހު 14 ގައި "ނޮވެމްބާ" މީޑީއާ ނެޓުން ބަލައިލެވޭނެ

Author
ފާތިމަތު ނާވީ
02 ފެބްރުއަރީ 2024 10:58
0

އޮލިމްޕަސް ސިނަމާގައި ގިނަ ޝޯތަކެއް ދައްކާފައިވާ ދިވެހި ފިލްމު "ނޮވެމްބަރ" އަންނަ މަހު ސްޓްރީމިން އަށް ދޫކޮށްލަން ނިންމައިފި އެވެ.

މި ފިލްމުގެ ޑިޖިޓަލް ޕްރީމިއާ ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 14 އަށެވެ. އެއީ މީޑިއާނެޓްގެ އެމްއެސް ވީޑިއޯ ކުލަބް މެދުވެރިކޮށެވެ. މި ފިލްމް އަކީ ލޯބީގެ ތަފާތު ވާހަކައެއްގެ ތެރެއިން، ރާއްޖޭގައި ހިނގަމުން އަންނަ މުހިންމު މައްސަލައެއް ފެނިގެންދާ ފިލްމެކެވެ.

 

View this post on Instagram

 

A post shared by MS Videoclub (@msvideoclub)

ފެބްރުއަރީ 14 އިން ފެށިގެން، ބޭނުން ވަގުތަކު، ސަބްސްކްރައިބަރުންނަށް "ނޮވެމްބާ" ބަލާލުމުގެ ފުރުސަތު އޮންނާނެ އެވެ. މިދިޔަ މަހުގެ 4 ގައި އޮލިމްޕަހުގައި ކުލަގަދަކޮށް ޕްރީމިއާކުރި މި ފިލްމަކީ އަލީ ޝިފާއު (ޗިއްޕެ) އާއި އައިޝަތު ފުއާދު ތައުފީގު ޑައިރެކްޓްކުރި އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.

މީގެ މަންޒަރުތައް ސިންގަޕޫރުގެ އިތުރުން އައްޑު އާއި ލ. އަތޮޅާއި މާލޭގެ އިތުރުން ކ. އަތޮޅުގެ ބައެއް ރަށްރަށުގައި ވެސް ނަގާފައިވެ އެވެ. މަޖުދާ (މަޖޫ) އާއި ޖުމައްޔިލް ނިމާލު (ޖުމަލް) ލީޑް ރޯލު ކުޅެފައިވާ ފިލްމްގެ ރޯލަކުން ކުރީގެ އެކްޓަރު އިސްމާއީލް ވަޖީހު ވެސް ފެންނާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.