އެމެރިކާގައި ދެވަނަ ކޯވިޑް19 ވެކްސިނެއް ބޭނުން ކުރުމުގެ ހުއްދަ ދެނީ

އެމެރިކާގައި ދެވަނަ ކޯވިޑް19 ވެކްސިނެއް ބޭނުން ކުރުމުގެ ހުއްދަ ދެނީ

Author
ހުސެއިން
16 ޑިސެމްބަރ 2020 06:18
0

އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ، މޮޑާނާއިން އީޖާދު ކޮށްފައިވާ ކޯވިޑް19 ވެކްސިން %94 ކާމިޔާބު ކަމަށް، އެމެރިކާގެ ކަމާބެހޭ މުވައްސަސާތަކުން ހާމަ ކޮށްފިއެވެ.

މިވެކްސިންއަކީ، ކޯވިޑް19 އާއި ދެކޮޅަށް ބޭނުންކުރުމުގެ ގާބިލްކަން ލިބިފައިވާ ވެކްސިނެއް ކަމުގައި، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (FDA) އިން ބުނުމާއި ގުޅިގެން، އެމެރިކާގައި ކޯވިޑް19 އާއި ދެކޮޅަށް ބޭނުންކުރާނެ ދެވަނަ ވެކްސިންކަމުގައި މޮޑާނާ ވެކްސިން ވެގެންދިއުމުގެ ފުރުސަތު މިހާރުވަނީ ތަނަވަސް ވެގެން ގޮސްފައެވެ.

މޮޑާނާގެ ވެކްސިނަކީ ކާމިޔާބު ވެކްސިނެއްކަމުގައި ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންއިން ބުނެފައި މިވަނީ، ފައިޒަރ-ބައޯއެންޓެކް ވެކްސިން އެމެރިކާގައި އާންމުކޮށް ބޭނުންކުރަން ފެށިތާ އެއްދުވަސް ފަހުންނެވެ.

ފައިޒާ ވެކްސިންއާ ޚިލާފަށް، މޮޑާނާއިން އުފައްދާފައިވާ ވެކްސިނަކީ، އެއްތަނުން އަނެއްތަނަށް އުފުލާއިރު، ގަދަފިނީގައި ރައްކާކޮށްފައި ބަހައްޓަން ޖެހޭ ވެކްސިނެއް ނޫނެވެ.

މޮޑާނާ ވެކްސިންގެ ޑާޓާތައް އެފްޑީއޭއިން އަންގާރަ ދުވަހު އާންމު ކޮށްފައި މިވަނީ، މިހަފްތާގެ ބުރާސްފަތި ދުވަހު، މިވެކްސިން ބޭނުންކުރުމުގެ އެމަޖެންސީ ހުއްދަ ދޫކުރުމާ ގުޅޭގޮތުން ބާއްވާ ވެކްސިން ޕެންލްގެ ބައްދަލުވުން މިހަފްތާގެ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ.

މޮޑާނާ ވެކްސިން ކާމިޔާބުކަމުގެ ޚަބަރު އާންމު ވެގެން މިދިޔައީ، އެމެރިކާގައި ކޯވިޑް19 އަށް ޕޮޒިޓިވް ވެގެން މަރުވެފައިވާ މީހުންގެ އަދަދު 300،000 އަށްވުރެ މައްޗަށް އަރާފައި ވަނިކޮށެވެ.

އެފްޑީއޭއިން އާންމު ކޮށްފައިވާ، މޮޑާނާ ކޯވިޑް19 ވެކްސިންގެ ޑާޓާތައް ބުނާގޮތުގައި، މިވެކްސިން ބޭނުންކޮށްގެން، "ކަންބޮޑު ވާންޖެހޭވަރުގެ، ސިއްޙީ ރައްކާތެރިކަމާ ގުޅޭ" މައްސަލަތަކެއް ފާހަގަ ވެފައެއް ނުވެއެވެ. އަދި ވެކްސިން ޖެހުމާއި ގުޅިގެން އާދަޔާ ޚިލާފު އުދަގުލެއް އިހުސާސް ކުރަން ޖެހުމަކީ ނާދިރު ކަމެކެވެ.

މިހަފްތާގެ ބުރާސްފަތު ދުވަހު އޮންނަ ވެކްސިން ޕެނަލިސްޓުންގެ ބައްދަލުވުމުން، މިވެކްސިން ބޭނުން ކުރުމުގެ ހުއްދަދީ އަދި، އެފްޑީއޭގެ ވެކްސިން އެކްސްޕާޓުގެ ހުއްދަ ލިބޭތާ 24 ގަޑިއިރުގެ ތެރޭގައި އެމެރިކާގެ އެކި ހިސާބުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިގެން ދާނެެވެ.

އެފްޑީއޭއިން އާންމު ކޮށްފައިވާ މައުލޫމާތު ތަކަށް ބަކާއިރު، މޮޑާނާ ވެކްސިން 30،000 މީހުންނަ ދެވުނުއިރު، ވެކްސިން ކާމިޔާބު ކަމަށް% 94.1 ވަނީ ދައްކާފައެވެ. އަދި ވެކްސިން ޖެހުމުން އިހުސާސް ކުރަންޖެހޭ އާންމު އުދަގޫތަކަކީ، ބޮލުގައި ރިއްސުމާއި، ހުން އައުމާއި، ހުޅުހުޅުގައި ރިއްސުމުގެ އިތުރުން ގައިގެ މަސްތަކުގައި ރިއްސުމެވެ.

މޮޑާނާ ކުންފުންޏަކީ 2010 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏަކަށް ވާއިރު، މި ކުންފުނީގެ އެއްވެސް އުފެއްދުމަކަށް އަދި މިހާތަނަށް އައިއިރު އެފްޑީއޭގެ ހުއްދަ ހޯދާފައެއް ނުވެއެވެ.

ސްޓޮކް އެކްސްޗޭންޖުގައި، މިއަހަރު މިކުންފުނީގެ ހިއްސާގެ އަގު، %700އިން ވަނީ މަތިވެގެން ގޮސްފައެވެ.

މޮޑާނާ ވެކްސިން ފައިޒާގެ ވެކްސިންއާއި ތަފާތުވަނީ ކިހިނެއް؟

މޮޑާނާ ވެކްސިން އެކި ތަންތަނަށް އުފުލުމުގައި ރައްކާ ކުރަން ޖެހެނީ، 20C- ގައެވެ. މިއީ އާންމުކޮށް އައިސް އަލަމާރީގަވެސް ތަކެތި ރައްކާކުރުމަށް ބޭނުން ކުރާ ފިނި ހޫނު މިނެކެވެ.

ފައިޒާ ވެކްސިން ތަންތަނަށް އުފުލާއިރު ރައްކާ ކޮށްފައި ބަހައްޓަން ޖެހެނީ 70C- ގައި ކަމަށް ވުމާއެކު، މިވެކްސިން އެއްތަނުން އަނެއްތަނަށް އުފުލުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތި ލާން ޖެހެއެވެ.

ފައިޒާ ވެކްސިނެކޭ އެއްގޮތަށް މޮޑާނާ ވެކްސިންގެވެސް ދެވަނަ ޑޯޒެއް ޖަހަން ޖެހެއެވެ. އަދި މޮޑާނާ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ޖެހެނީ ފުރަތަމަ ޑޯޒް ޖަހާ ދުވަހުން ފެށިގެން 28 ދުވަސް ފަހުންނެވެ.

މޮޑާނާގެ ކުންފުނި ހިގަމުން އަންނަނީ، އިގިރޭސިވިލާތުގެ ކޭމްބްރިޖްގެ މަސަޝުސެޓްގައެވެ. އެކުންފުނިން ބުނާ ގޮތުގައި، ވެކްސިންގެ އެމްޖެންސީ ހުއްދަ ލިބުމާއެކު، ވެކްސިން ބޮޑު އަދަދެއް އުފައްދާނީ މިމަރުކަޒުގައެވެ.

އެހެންނަމަވެސް، ފައިޒާ ކުންފުނިން އުފައްދާ ވެކްސިން ދުނިޔޭ އެހެން އެތަކެއް ގައުމުތަކެއްގައި އުފެއްދުމުގެ ގާބިލްކަން އެކުންފުންޏަށް ލިބިފައި ވެއެވެ. މީގެތެރޭގައި ޖަރުމަނުވިލާތާއި ބެލްޖިއަމް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.