މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއަކަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއަކަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

Author
މުޙައްމަދު ޝަޒައިމް
08 އޮކްޓޯބަރ 2020 10:50
0

މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކަމުގައި އެޓަރނީ ޖެނެރަލް ކަނޑައެޅުއްވައިފި އެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއެއް އެޓަރނީ ޖެނެރަލް ކަނޑައަޅަންވާނެ ކަމުގައި، އެ ޤާނޫނުގެ 187 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާތީ، އެ އިދާރާއަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކަމުގައި އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްއަތު މިއަދު ވަނީ ކަނޑައަޅުއްވާފައެވެ.

މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާ އެފަދައިން ކަނޑައެޅުއްވުމާއެކު، އެ ތާރީޚުން ފެށިގެން 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބެލެހެއްޓޭނެ ނިޒާމެއް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 187 ވަނަ މާއްދާގެ (ށ) ގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޤާއިމުކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.

މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ މިފަދަ އިދާރާއެއް މިއަދު ކަނޑައެޅިގެންދިޔުމަކީ، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާކަމާއެކު ހިންގުމަށް ކުރެވެމުންދާ މަސައްކަތުގައި އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.