ދައުލަތުގެ މީޑިއާއިން ބާއްވާ މޭޔަރު ބަހުސް މިރޭ ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. ޕީއެސްއެމްއިން ބުނެފައިވަނީ މިރޭގެ ބަހުސްގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރާ ހުރިހާ ކެނޑިޑޭޓުންވެސް ބައިވެރިވާނެ ކަމުގައެވެ.
މިރޭގެ ބަހުސްގައި ބައިވެރިވާ، މޭޔަރުކަމަށް ވާދަކުރާ ކެނޑިޑޭޓުން:
ޕީއެންސީގެ ޓިކެޓުގައި ވާދަކުތާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު
އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ އެމްޓީސީސީގެ ކުރީގެ އެމްޑީ އާދަމް އާޒިމް
ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރާ ސައިފް ފާތިހް
އަމިއްލަ ގޮތުން، ރައީސް ޔާމިންގެ ތާއީދާއެކު ވާދަކުރާ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު
އަމިއްލަ ގޮތުން ވާދަކުރާ ޝުއައިބް އަލީ
ސަންގު ޓީވީންވެސް ވަނީ މޭޔަރުންގެ މެދުގައި ބަހުސެއް ބާއްވާފައެވެ. އެހެންނަމަވެސް އެބަހުސްގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ އެމްޓީސީސީގެ ކުރީގެ އެމްޑީ އާދަމް އާޒިމް ބައިވެރިވެފައެއް ނުވެއެވެ.
އާޒިމް އޭގެ ސަބަބެއްކަމަށް ވިދާޅުވެފައިވަނީ، ސަންގުޓީވީ ބަހުސް މިނިވަން ކަމާއެކު ކުރިއަށް ގެންދިއުމަށް މިނިވަން މޮޑާރޭޓަރެއް ބަހައްޓައިދިނުމަށް އޭނާ އެދިފައިވުމާއެކުވެސް އެކަމަށް އެއްވެސް އިޖާބައެއް ނުލިބުމުން ކަމުގައެވެ. އަދި އިންތިޚާބު އޮންނަދުވަސް މިހާ ކުޑަތަންވެފައިވަނިކޮށް ހަތަރު ދުވަހަށް ދިގުދެމިގެންދާ ބަހުސެއްގައި ބައިވެރިވުމަކީ ކެންޕޭނުގައި ދެންކުރަން ހުންނަކަންތައްތަކަށް އަސަރުކުރާކަނެކަމަކަށްވާތީ ކަމަށްވެސް އާޒިން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ