މަޖިލިސް އިންތިހާބުގައި ފައްޔާޒު ވާދަ ނުކުރައްވާނެ

މަޖިލިސް އިންތިހާބުގައި ފައްޔާޒު ވާދަ ނުކުރައްވާނެ

ގުޅުންހުރި

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަ ނުކުރައްވަން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ނިންމަވައިފިއެވެ.

ރޭ ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އޭނާ މަޖިލިސް އިންތިޚާބުގައި ވާދަ ނުކުރައްވަން ނިންމެވީ ޗެއާޕާސަންގެ މަގާމުގައި ހުންނަވައިގެން އިތުރު މަގާމެއް ފުރުއްވުމަކީ ދަތިތަކަމަކަށް ވާނެތީ ކަމުގައެވެ.

ވާދަ ނުކުރާ ސަބަބަކީ ފުރަތަމަ ކަމަކަށް އަޅުގަނޑު މިއަދު އަޅުގަނޑު މިހުރި މަގާމުގައި ހުރެގެން އަސްލު މި ޕާޓީއަށް ހާއްސަކޮށްގެން، އޮޕަޒިޝަނެއްގައި އޮންނައިރު އިތުރު މަގާމެއް ފުރުއްވަމުން މި މަގާމު އަދާކުރެއްވުމަކީ ދަތިކަމެއް ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ.

ފައްޔާޒު ވިދާޅުވިއެވެ.

ރޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިޚާބެއް ކާމިޔާބު ވަނީ ވަރަށް ގިނަ ކަންކަން ހަމެޖެހި ތަރިތީބުވެގެން ކަމަށާއި، ޕާޓީގެ އެތެރޭގައި ކުރިމަތިވި މައްސަލަތަކަކީ ކުރިމަތިވި ވަރަށްބޮޑު ގޮންޖެހުމެއް ކަމަށެވެ. އެގޮން އޭނާ ވިދާޅުވީ ޕާޓީގެ އެތެރޭގައި އުފެދުނު މައްސަލަތަކުގައި، ކެމްޕޭންތަކުގައި ހަރަކާތްތެރިވަމުން އައި ވަރަށް ގިނަ ބަޔަކު ޕާޓީއާއި ދުރަށް ދިޔަކަމަށެވެ.

ޗެއަރޕާސަންގެ ހައިސިއްޔަތުން ރިޔާސީ އިންތިޚާބު ކާމިޔާބު ނުވީމާ އެ ޒިންމާ އަޅުގަޑު ނަގަންޖެހޭނެ. އެހެންވީމަ އަޅުގަޑު އެޒިންމާ ނަގަން. ކޮންމެ ގޮތެއްވިޔަސް އެއޮތީ ކާމިޔާބު ނުވެފަ.

ރޭގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިޚާބާއި ދޭތެރޭ ލިބުނު ވަގުތުގައި، ޕާޓީން ވަކިވެގެން ދިޔަ މީހުން އަލުން އުފައްދަން އެކަށީގެންވާ ވަގުތު ނުލިބުނު ކަމަށާއި، ޕާޓީން ވަކިވެގެންދިޔަ މީހުން އާ ޕާޓީއެއް އުފަދާނެކަމަށް އުއްމީދު ކުރެވިފައި ނުވާކަމުގައެވެ. އޭގެ ބަދަލުގައި ވިސްނިފައި އޮތީ ވަކި ފެކްޝަނެއްގެ ގޮތުގައި ޕާޓީގެ ތެރޭގައި، ވަކިވެގެންދިޔަ މީހުން ދެމި ތިބޭނެކަމަށް އޭރު ހީ ކުރެވުނު ކަމުގައިވެސް ފައްޔާޒި ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ދައުލަތެއްގެ ސިފަ ގެންގުޅުމަށްޓަކާ ހާމަކުރަންޖެހޭ ބައެއްކަންކަން ހާމަ ނުކުރެވި ދިއުމަކީވެސް ރިޔާސީ އިންތިޚާބުގައި ގެއްލުންތަކެއް ލިބިގެންދިޔަ ކަމެއްކަމަށާއި، އެހެންނަމަވެސް އޭރު ގަބޫލު ކުރެވިފައި އޮތީ ދައުލަތެއްގެ ސިފަ ނެގެއްޓުމަށްޓަކާ އޭރި ކުރަންޖެހިފައި އޮތް ކަމެއްކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ