ރައީސް މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުން ލަސްވީ ސަރުކާރުން އެކަމުގެ ތެރެއަށް ވަނުމުގެ ސަބަބުން ކަމުގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރޭ ސަންގު ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ރުހުންދިނުމުގެ ތެރެއަށް ސަރުކާރުން ނިސްބަތްވާ ބޭފުޅުން ވަދެ، އެ ބޭފުޅުން ބޭނުންވާގޮތަށް ކަންކަން ގެންދިއުމަށް މަސައްކަތް ކޮށްފައިވާ ކަމުގައެވެ.
ސަރުކާރުގެ ތެރެއިން ބައެއް ބޭފުޅުން އަޅުގަނޑުމެންގެ މެމްބަރުންގެ ތެރެއަށް ވަދެގެން ވަކި ގޮތަކަށް ބައްޓަން ކުރަން ކުރި މަސައްކަތުގެ ނަތީޖާ އިން އެ އޮތީ ލަސްވެފައި.
ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒި ވިދާޅުވީ ކެބިނެޓަށް ރުހުންދިނުން ލަސްވީ ސަރުކާރުން ހެދި "ޅަ އެއްޗެއްގެ" ސަބަބުން ކަމަށާއި، އަދި ރުހުން ލިބުން ލަސްވެގެން ދިއުމަކީ ކަންބޮޑުވާ މައްސަކައެއް ކަމުގައެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ މި ސަރުކާރުގެ ވަޒީރުންގެ ތެރެއިން ޑރ. އަލީ ހައިދަރު އަހުމަދު އަދި ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފަށް ރުހުން ދިނުމާމެދު އެމްޑީޕީގެ ޕީޖީގައި ކަންބޮޑުވުން އެބައޮތް ކަމަށާއި އެހެންނަމަވެސް އެކަމުގެ ތެރެއަށް އެޕާޓީގެ ލީޑަރޝިޕުން ނުވަންނާނެ ކަމުގައެވެ.