އާޒިމާ ޝަކޫރު ފާހަގަކުރެވެނީ ރައްޔިތުންގެ ފައިސާގެ ތެރެއަށް އަތް ނުބާނާ، ކޮރަޕްޝަންގެ ޢަމަލުތައް ހިންގަވާފައި ނުވާ މަދު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައެވެ.
ރާއްޖޭގެ އާބާދީގެ ބޮޑު ބައެއްގެ ހަބެއްގެ ގޮތުގައި މާލެ ސިޓީ ކުރިއަރަމުން އަންނައިރު، އެ ސިޓީއަށް ބޭނުންވަނީ ހެޔޮ ބަދަލުތަކެއް ގެނެވޭނެ އިންސާފުވެރި، ތެދުވެރި އަދި އިތުބާރު ކުރެވޭ ލީޑަރެކެވެ.
އަލްއުސްތާޛާ އައިޝަތު އާޒިމާ ޝަކޫރުއަކީ މާލެ ސިޓީގެ މޭޔަރުކަމަށް އެންމެ ގާބިލް ކެނޑިޑޭޓް ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އެހެންނަމަވެސް، އެހެން ކެނޑިޑޭޓުންނަށްވުރެ އެކަމަނާ މަގާމަށް ގާބިލީ ކޮންގޮތަކުން ބާވައޭ، މިއީ ބައެއް ފަރާތްތަކުން ކޮށްފާނެ ސުވާލެކެވެ. އެގޮތުން އާޒިމާ ޝަކުރު މާލެއަށާއި ގައުމަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަކީ މާލެ ސިޓީގެ މޭޔަރުކަމަށް އެންމެ ގާބިލު ކެނޑިޑޭޓަކީ އާޒިމާ ޝަކޫރުމަށް ހެކިދޭ ކަންކަމެވެ.
އެގޮތުން، ގައުމީ އެއާޕޯޓް ދިވެހިންނަށް އަބުރާ ހޯދުމުގައި އާޒިމާ ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި އިރު، ކުރީ ސަރުކާރުން "ވިއްކާލާފައިވާ" ރާއްޖޭގެ މަސްވެރިންގެ ކަނޑުގެ ސަރަހައްދު އަބުރާ ހޯދުމަށް ކުރެވެމުންދާ މަސައްކަތުގައި އާޒިމާ ގެންދަވަނީ މުހިންމު ދައުރެއް އަދާކުރައްވަމުންނެވެ.
އޭގެ އިތުރުން އާ ސަރުކާރު ވެރިކަމާ ހަވާލުވަންދެން ދިރާގުގެ މެޖޯރިޓީ ހިއްސާ ވިއްކުމާއި ދެކޮޅަށް އެކަމަނާ ވަނީ ދުރުވިސްނުމާއެކު ގައުމަށް އެންމެ ލާބަހުރި ގޮތުގައި މަސައްކަތް ކުރައްވާފައެވެ.
ހަމައެއާއެކު، ރާއްޖޭގެ ފުރަތަމަ އަންހެން ބަންޑާރަ ނައިބުގެ ހައިސިއްޔަތުން، ޖެހިޖެހިގެން ތިން ދައުރަކަށް އެ މަގާމުގައި ހުންނެވި އާޒިމާ ޝަކުރު ވަނީ އަންހެކަނބަލުން ކުރިމަގަމަށް ނިކުންނެވުމަށް ހިތްވަރު ދެއްވާ އެމަގުން ލީޑަރޝިޕް ދައްކަވާފައެވެ. އެގޮތުން ލީޑާޝިޕްގެ ރޯލުތަކުގައި އަންހެންކަބަލުން މަސައްކަތްކުރުމަށް މަގުފަހިކުރުމަށް އެކަމަނާވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްދީފައެވެ.
އާޒިމާ ސަރުކާރެއްގެ ކެބިނެޓްގައި މަސައްކަތް ކުރެއްވި އިރު، އެކަމަނާވަނީ ސަރުކާރުގެ މަތީފަންތީގެ ތަޖުރިބާ އުގެނި، އިދާރީ ހިންގުމާއިގުޅޭގޮތުން އެތައް ތަޖުރިބާއެއް ހާސިލް ކުރައްވާފައެވެ.
އޭގެއިތުރުން، އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންނާއި، ބުރުގާ އަޅައިގެން ވަޒީފާ އަދާކުރާ ކަނބަލުންގެ ހައްގުގައި ވަކާލާތު ކުރެއްވުމަށް އާޒިމާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުން ދައްކުވައިދެނީ ހަމަހަމަކަމާއި އަދުލުއިންޞާފަށް އެކަމަނާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކެވެ.
2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއިން އަރައިގަތުމަށް ކުރެވުނު މަސައްކަތްތަކުގައި "މާފަންނު އަވަށު އަވަށުގެ ވެރިޔާގެ އެތެރިޔާ"ގެ ހައިސިއްޔަތުން އެފަދަ ކާރިސާއެއްގެ ދަނޑިވަޅުގައި ގައުމަށް އެކަމަނާ ފޯރުކޮށްދެއްވި އެހީތެރިކަމާއެކު، އާޒިމާ ވަނީ ސަރުކާރަށާއި ގައުމަށް ގައުމަށް ކުރިމަތިވެ އެ ނުރައްކާތެރި ކާރިސާގެ ދަނޑިވަޅުގައި ވަރަށް އަގުހުރި ޚިދުމަތެއް ކޮށްދެއްވާފައެވެ.
ޖަލުތަކުގެ ނިޒާމު އިސްލާހުކުރުމާއި، ޕެރޯލްގެ ގަވާއިދު ތަންފީޒުކުރުމާއި، ރާއްޖޭގެ ޖިނާއީ އަދުލުގެ އޮނިގަނޑު އެކުލަވާލުމުގައި އެކަމަނާ އަދާކުރެއްވި މުހިންމު ދައުރަކީ އިންސާފުވެރި އަދި ހަރުދަނާ ގާނޫނީ ނިޒާމަކަށް އެކަމަނާ ދެއްވާ އަހައްމިއްޔަތުކަން ހާމަކޮށްދޭ ދައުރެކެވެ. ޖެންޑާ މިނިސްޓަރުގެ ހައިސިއްޔަތުން އެކަމަނާ ކޮންމެ ދުވަހަކު "ކުޑަކުދިނގެ ހިޔާ"އަށް ޒިޔާރަތް ކުރައްވާ، މުޖުތަމައުގެ އެހީތެރިކަމަށް ބޭނުންޖެހިގައިވާ ފަރާތްތަކުގެ ބޭނުންތައް ފުއްދައިދިނުމުގައި، އާޒިމާވަނީ އޯގާތެރި ވިސްނުމެއް ގެންގުޅުއްވާފައެވެ.
ޖުމްލަގޮތެއްގައި އާޒިމާ ދައްކުވައިދީފައިވަނީ، ގައުމަށް އެކަމަނާ ބޭނުންވެއްޖެ ހިނދެއްގައި އެކަމަނާގެ ނަޒާހަތްތެރިކަން ވެސް މަތީ ދަރަޖައެއްގައި އޮންނާނެ ކަމުގެ ޔަގީންކަމެވެ. އެކަމަނާގެ ވާދަވެރިން ކޮރަޕްޓް، ނާތަހުޒީބު ބައެއްގެ ގޮތުގައި ސިފަކުރެވޭއިރު، އެކަމަނާގެ ފަސްބައިން ފެންނަނީ ކޮރަޕްޝަނެއްނެތް ކަމެވެ. އެކަމަނާގެ ފަސްބައި ސާފެވެ. އާޒިމާއާއި ގުޅޭގޮތުން ކުރެވޭ ނުރަގަޅު ތުހުމަތެއް ނެތެވެ.
އާޒިމާ އިޚްތިޔާރުމުން އެ އިޚްތިޔާރު ކުރެވެނީ ތަޖުރިބާ އާއި ޑެޑިކޭޝަނާއި ނަޒާހަތްތެރި ކަނބަލެކެވެ. އެއީ މާލޭގެ މުސްތަގުބަލަށް އޮތް ހަމައެކަނި ޗޮއިސްއެވެ. މާލެ އަށް ބޭނުންވަނީ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމްކޮށް، ސަރުކާރުގެ ފައިސާއަށް ޚިޔާނާތްތެރި ނުވާނޭ މޭޔަރެކެވެ. އެބީދައިން މިސާލު ދައްކަވާނެ ޚިދުމަތްތެރި ބޭފުޅެކެވެ.
މިމަހުގެ 13 ވަނަ ދުވަހު މާލޭގެ ރައްޔިތުންގެ ނިންމުން ވެގެންދާނީ، ޤައުމުގެ ވެރިރަށް، މާލޭގެ މާދަމާ ބައްޓަންކޮށްދޭ ނިންމުމަކަށެވެ. ވިސްނުންތެރިކަމާއެކު މާލޭ ސިޓީއަަށް މޭޔަރަކު އިޚްތިޔާރު ކުރައްވާށެވެ.