މާލެއަށް ކުރިމަތިވެފައިވާ ޓްރެފިކް މައްސަލަތަކަށް ހައްލު ހޯދުމަށް، ފުރަތަމަ 100 ދުވަހުގެ ތެރޭގައި މާސްޓާ ޕްލޭނެއް ތައާރަފުކުރައްވާނެ ކަމަށް، ސަރުކާރުގެ ތާއީދާއެކީ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
"ސަންގު ޓީވީ"އިން ރޭ ގެނެސްދިން މޭޔަރު ބަހުސްގައި ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ މާލޭގެ ޓްރެފިކް މައްސަލަ ހައްލު ކުރެވޭނީ ޕެޑަސްޓްރިއަން ފްރެންޑްލީ މަގުތައް ގާއިމް ކުރެވިގެން ކަމަށާއި، އެނޫން ގޮތަކަށް އެ މައްސަލައަށް ހައްލެއް ނުހޯދޭނެ ކަމުގައެވެ.
ދަރިން ގޮވައިގެން ރައްކާތެރިކަމާއެކު ހިނގާލާފައި ސްކޫލަށް ގެންދެވޭނެ މަގުތަކެއް ގާއިމުކޮށްދޭން ޖެހޭނެ. އަޅުގަނޑުމެން ގާއިމުކުރި ޕަބްލިކް ބަސް ސާވިސްގައި ޓެކްސީއަކަށްވުރެ އަގުބޮޑު. ވަރަށް ސީރިއަސް، ރަނގަޅު މާސްޓާ ޕްލޭނެއް އަންނަން ޖެހޭނެ. އިރާދަކުރެއްވިއްޔާ މާލޭގެ ޓްރެފިކް މައްސަލައަށް މާސްޓާ ޕްލޭނެއް އަޅުގަނޑުގެ 100 ދުވަހުގެ ތެރޭގައި ތައާރަފުކޮށްދޭނަން.
އާޒިމާ ވިދާޅުވިއެވެ.
އާޒިމާ އިތުރަށް ވިދާޅުވީ މާލޭގެ ޓްރެފިކް މައްސަލައަށް ހައްލު ހޯދުމަށް، އެ މައްސަލަތައް ދިމާވި ސަބަބުތައް ދެނެ ގަންނަޖެހޭ ކަމަށާއި، މާލެއަށް ކުރިމަތިވެފައިވަނީ "ޓޯޓަލް ގަވަނަންސް ފެއިލިއާ"އެއް ކަމަށެވެ.
މާލޭގެ ޓްރެފިކްގެ މައްސަލަތައް މިހާ ބޮޑުވެގެންދާ ސަބަބުތަކަށް ބަލައިފި ކަމަށްވަންޏާ، ފުލުހުން މިއަދު ބުނަމުންގެންދަނީ ތިމަންނަމެން މިހާރު ބަލަމޭ ވެހިކަލެއް ޓޯ ނުކޮށް ވޭތޯ. އޭގެ މާނައަކީ ޓޯ ޔާޑުގައި ޖާގައެއް ނެތޭ. ކިތަންމެ ވަރަކަށް ޕާކުކޮށްފައި އޮތަސް، ޓޯ ޔާޑަކަށް ނުނެގޭ. ޓޯ ޔާޑު މިހާރު ބޭނުން މިކުރަނީ ވެހިކަލްތައް ރާއްޖެއިން ބޭރުން އެތެރެކޮށްގެން ގެނެސް ވިއްކެންދެން ބާއްވާ ތަނަކަށް. ތިން މަސްދުވަސް ވަންދެން، އެތަނުގައި ހިލޭ ވެހިކަލް ބޭއްވޭ. މަގުމަތީގައި ވެހިކަލް ބާއްވައިގެން ވިއްކެންދެން ބޭނުންކުރެވޭ، އެއީ އެއް މައްސަލަ.
ރޭގެ ބަހުސްގައި ވާހަކަ ދައްކަވަމުން އާޒިމާ ވަނީ، މާލޭގެ ޓްރެފިކް މައްސަލަތައް ހައްލުކުރާނޭ ގޮތްތަކުގެ މައްޗަށާއި، އަދި އޭގެ އިތުރުންވެސް، ސަރުކާރުގެ މާސްޓަރ ޕްލޭންގައި މާލޭގެ މައްސަލަތަކަށް ހައްލު ހޯދުމަށް އެކަށައަޅާފައިވާކަންކަމުގެ މައްޗަށް ބައްލަވާލައްވާ ވާހަކަ ދައްކަވާފައެވެ.
ރޭގެ ބަހުސްގައިވެސް އެމްޑީޕީގެ ޓިކެޓްގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދައްކުރައްވާ އާދަމް އާޒިމް ބައިވެރިވެފައެއް ނުވެއެވެ
ކޮމެންޓު ފޮނުވާ