ވިއްސާރައިގައި ފުވައްމުލަކު ސިޓީގެ 15 ގެއެއްގައި ބެންބޮޑު ވެއްޖެ

ވިއްސާރައިގައި ފުވައްމުލަކު ސިޓީގެ 15 ގެއެއްގައި ބެންބޮޑު ވެއްޖެ

Author
ހުސެއިން
29 ޑިސެމްބަރ 2023 08:35
0

މިހާރު ފުވައްމުލަކު ސިޓީއަށް ކުރަމުންދާ ވިއްސާރާގައި ބައެއް ގެތަކުގައި ފެންބޮޑުވެ، ބައެއް ތަކެއްޗަށް ގެއްލުން ވެއްޖެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ ފެން ހިންދުމުގެ މަސައްކަތާއި ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރަމުންދާ ކަމުގައެވެ.

ނޭޝަނަލް ޑިސާސްޓަރ ސެންޓަރ (އެންޑީއެމްއޭ) ބުނެފައިވަނީ މި ވިއްސާރައިގައި ފުވައްމުލަކުގެ ބައެއް އަވަށްތަކުގައި ފެންބޮޑުވެ ބައެއް ގޭގެއަށް ގެއްލުން ލިބެމުންދާކަމުގެ ރިޕޯޓު ލިބިފައިވާކަމުގައެވެ. މި ގެތަކުގެ ހާލަތު ވަޒަންކުރުމުގެ މަސައްްކަތް ސިޓީ ކައުންސިލުން ކުރަމުންދާކަމަށްވެސް އެންޑީއެމްއޭ އިން ބުނެފައި ވެއެވެ.

އެގޮތުން މިހާތަނަށް ފުވައްމުލަކުގެ 15 ގެއެއްގައި ފެންބޮޑުވެފައިވާ ކަމުގެ މައުލޫމާތުވަނީ ލިބިފައިވީނަމަވެސް އެއްވެސް ގެއަކުން މީހުން ހުސްކުރަން ޖެހޭފަދަ ހާލަތަކަށް ގޮސްފައި ނުވާކަމަށްވެސް ބުނެފައި ވެއެވެ. އަދި ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކައުންސިލުން މިހާރު ކުރަމުންދާކަމަށްވެސް އެންޑީއެމްއޭއިން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.