ދޮގު ހެދުމަކީ ނުބައި ސިފަތަކުގެ ތެރެއިން އެންމެ ނުބައި އެއް ސިފަކަމުގައި މިއަދު ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.
"ތެދު ބުނުމުގެ މާތްކަމާއި، ދޮގުހެދުމުގެ ނުބައިކަން" މި މައުޟޫއަށް ޚާއްސަކުރެވިގެންދިޔަ މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވީ މީސްތަކުންގެ ހައްގުތައް ގެއްލިގެން ދިއުމުގެ އެއް ސަބަބަކީވެސް ދޮގު ބުނުން ކަމުގައެވެ. އަދި އެއީ ރުޅިވެރިކަމާއި އާދާވާތްތެރިކަން ފެތުރުމުގެ ސިއްރެއްކަން ބަޔާން ކުރައްވަމުން ޚުޡުބާގައި ވިދާޅުވީ އެއީ ކުށެއްނެތް އެތައް ބައެއްގެ ރީތި ނަމާއި އަބުރު ނަގާލުމަށް ބޭނުންކުރެވޭ އެންމެ ނުރައްކާތެރި އެއް ހަތިޔާރު ކަމުގައެވެ.
މީސްތަކުންނޭވެ! އެންމެ ނުބައި އަދި އެންމެ ފާފަބޮޑު ދޮގަކީ، އެކަމުން އެހެން މީހުންނަށް ގެއްލުން ލިބޭ ދޮގެވެ. މިހެންވެ، ދޮގުހެކި ބުނުމަކީ، ބޮޑު ފާފައެއް ކަމުގައި އިސްލާމް ދީނުގައި ކަނޑައަޅުއްވާފައި ވެއެވެ. ބޮޑެތި ފާތަކުގެ ތެރެެިންވެސް އެންމެ ނުބައި ކަންކަމަކީ މާތްﷲ އާ ޝަރީކު ކުރުމާއި، މައިންބަފައިންނަށް ނުކިޔަމަންތެރި ވުމާއި، މީހުން މެރުމާއި، ދޮގުހެކި ދިނުން ކަމުގައި ކީރި ރަސޫލާ ހަދީސް ކުރައްވާފައި ވެއެވެ.
މިއަދުގެ ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.
މިއަދުގެ ޚުޡުބާގައި އިތުރަށް ވިދާޅުވި ގޮތުގައި ގިނަމީހުން ދޮގުހެކި ދެނީ ކޮންމެވެސް ޒާތީ ބޭނުމަކަށް ކަމުގައެވެ. އެއީ ދައުވާކުރާ ނުވަތަ ދައުވާ ލިބޭ ފަރާތަކާ ތިމާއާ ދެމެދުގައި އޮންނަ ތިމާގެ ކަމަކުން ނުވަތަ ރަހުމަތްތެރި ކަމަކުން، ނުވަތަ ދެކޮޅުވެރިކަމަކުން، ނުވަތަ އެކަމުން ތިމާއަށް ލިބޭ ދުންޔަވީ މަންފާއެއްގެ ސަބަބުންނެވެ.
މުސްލިމު އަޚުންނޭވެ! ދޮގުހެކި ދިނުމަކީ، މީސްތަކުންގެ ޙައްގުތައް އޮޅުވާލައި، އަފުރާދުންނާއި އުއްމަތަށް އެތައް ގެއްލުންތަކެއް ލިބިދޭ ކަމެކެވެ. ވީއިރު ހެކިބަހުގައި ތެދުވެރިވުމަކީ އެންމެ ބޮޑަށް ރައްކައުތެރި ވާންވީ އެއްކަމެވެ.
މިއަދު ހުކުރު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ