ރައްޖޭގައި ޚުދުމުޚުތާރުކަން އާލާވިޔަ ނުދިނުމަށް ކުރާންޖެހޭ މަސައްކަތްތަކާއިގެން އެމްޑީޕީ ކުރިޔަށް ދާނެ: ފައްޔާޒު

ރައްޖޭގައި ޚުދުމުޚުތާރުކަން އާލާވިޔަ ނުދިނުމަށް ކުރާންޖެހޭ މަސައްކަތްތަކާއިގެން އެމްޑީޕީ ކުރިޔަށް ދާނެ: ފައްޔާޒު

ގުޅުންހުރި
ރާއްޖޭގައި ޚުދުމުޚުތާރުކަން އާލާވިޔަ ނުދިނުމަށް ކުރާންޖެހޭ މަސައްކަތްތަކާއިގެން އެމްޑީޕީ ކުރިޔަށް ދާނެ ކަމުގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވެފައިވަނީ، އެމްޑީޕީގެ 13 މެމްބަރަކު މިރޭ އެމްޑީޕީ ދޫކޮށް ޕީއެންސީއަށް ސޮއި ކުރެއްވުމާއި ގުޅިގެން ކުރެއްވި އެސް ޕޯސްޓެއްގައެވެ.
ފައްޔާޒުގެ ޓުވީޓުގައި ވަނީ މިރޭ އެމްޑީޕީއާ ވަކިވެ ދިޔަ މަޖްލިސް މެމްބަރުން ޕާޓީގައި ކޮށްދެއްވި މަސައްކަތަށް ޝުކުރު ދަންނަވާފައެވެ.

އެމްޑީޕީގައި އެންމެ އިސްކޮށް އުޅުއްވި ގިނަ ޢަދަދެއްގެ މެންބަރުން ކޮންގްރެސް ޕާޓީއާއި ގުޅިވަޑައިގަތީ ދަރުބާރު ގޭގައި މިރޭ ބޭއްވުނު ޚާއްސަ ޖަލްސާއެއްގައެވެ. އެ މެންބަރުން ޕާޓީއާއި ގުޅިވަޑައިގެންނެވި ފޯމާ ހަވާލުވެވަޑައިގަތީ ކޮންގްރެސް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އެމްޑީޕީން ކޮންގްރެސް (ޕީއެންސީ)އާއި ގުޅިވަޑައިގެންނެވި މެންބަރުން:

1- އިބްރާހީމް ޝަރީފް/ މަރަދޫ ދާއިރާގެ މެންބަރު

2- މުޙައްމަދު ނިހާދު/ ފޭދޫ ދާއިރާގެ މެންބަރު

3- އަޙްމަދު ޚައިތަމް/ މައްޗަންގޮޅި ދެކުނު ދާއިރާ

4- ޢަލީ ޙަމީދު/ އިސްދޫ ދާއިރާ

5- ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް/ ކަނޑިތީމު ދާއިރާ

6- ޢަބްދުލްޣަނީ ޢަބްދުލްޙަކީމް/ ކުރެންދޫ ދާއިރާ

7- ޙަސަން ޒަރީރު/ މަތިވެރި ދާއިރާ

8- އިބްރާހީމް ނަސީރު/މުލަކު ދާއިރާ

9- ޢަބްދުލްމުޙްސިން ހަމީދު/ ނިލަންދޫ ދާއިރާ

10- އާދަމް ޢަލީ/ މާފަންނު ދެކުނު ދާއިރާ

11- މުޙައްމަދު ރާޝީދު/ ކޮމަންޑޫ ދާއިރާ

12- ޙަސަން ޝިއާން/ ތޮއްޑޫ ދާއިރާ

13- އިބްރާހީމް ޝާޒް/ ގުރައިދޫ ދާއިރާ

މިރޭ ޕީއެންސީއާއި ގުޅިވަޑައިގެންނެވި 13 މެމްބަރުންގެ ތެރެއިން ޖަލްސާ އަށް ވަޑައިގެންނެވީ 10 މެމްބަރުންނެވެ. އަނެއް ތިން މެމްބަރުން މާލޭގައި ނޫޅުއްވި ނަމަވެސް އެ މެމްބަރުން ވަނީ ޕީއެންސީ އަށް ސޮއިކުރެއްވި ފޮޓޯ އާންމުކޮށްފައެވެ.

މި މެމްބަރުންގެ ތެރެއިން 12 މެމްބަރުންނަކީ މިއަދާ ހަމައަށް ވެސް އެމްޑީޕީގައި ތިއްބެވި މެމްބަރުންނެވެ. އަދި ހައިތަމް ވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. އެމްޑީޕީން ވަކިވެވަޑައިގެންނެވި ފަހުން މިހާތަނަށް އައިއިރު ވެސް އޭނާ އެއްވެސް ޕާޓީއަކާ ގުޅިވަޑައިގެންފައެއް ނުވެއެވެ.

މި ހުރިހާ މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގަތުމާ އެކުގައި މަޖިލިހުގެ މައިނޯރިޓީ ޕާޓީ އަށް ވާނީ ޕީއެންސީއެވެ. މި ބަދަލާ އެކު، މަޖިލިހުގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުންގެ އަދަދު 44 އަށް އަރާއިރު، އެމްޑީޕީގައި މިރެއާ ހަމައަށް 56 މެމްބަރުން ތިއްބެވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ