31 ކައުންސިލަކަށް ސެކްރެޓަރީ ޖެނެރަލުން ހޯދަނީ

31 ކައުންސިލަކަށް ސެކްރެޓަރީ ޖެނެރަލުން ހޯދަނީ

Author
އަހުމަދު
24 ޑިސެމްބަރ 2023 11:14
0

ރާއްޖޭގެ ބައެއް ކައުންސިލްތަކުގައި ހުސްވެފައިވާ ސެކްރެޓަރީ ޖެނެރަލްގެ މަގާމުތަކަށް މީހުން ހޯދަން އިއުލާންކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނީ 31 ކައުންސިލަކަށް ބޭނުންވާ ސެކްރެޓަރީ ޖެނެރަލުން ހޯދަން ބޭނުންވާ ކަމަށެވެ.

އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މި ފެށޭ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުގެ 14:00 ގެ ކުރިން ހުރިހާ ލިޔެކިއުންތަކެއް އެ އިދާރާއަށް ފޮނުވުމަށް ސީއެސްސީން ބުނެއެވެ.

އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރައަކީ 12،130 ރުފިޔާއެވެ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8،870 ރުފިޔާ ލިބޭނެއެވެ. ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މުސާރައިގެ ގޮތުގައި މަހަކު 9،300 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 6،800 ރުފިޔާ ލިބޭނެއެވެ.

މި މަގާމަށް ހޮވޭ ފަރާތްތަކަށް ލިބޭ އިނާޔަތްތަކުގެ ތެރޭގައި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތާއި ޕެންޝަން ކޮންޓްރިބިއުޝަން ހިމެނެއެވެ. ކައުންސިލްތަކަށް ބޭނުންވާ ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރަނީ އެ ކައުންސިލެއްގެ ލަފަޔާއެކު ސިވިލް ސާވިސް ކޮމިޝަނުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.