ނަޖީރިއާގެ ސްކޫލަކަށް ހަމަލާދީ، އެތައް ސަތޭކަ ސްކޫލް ކުދިންނެއް ކިޑްނެޕް ކޮށްފި

ނަޖީރިއާގެ ސްކޫލަކަށް ހަމަލާދީ، އެތައް ސަތޭކަ ސްކޫލް ކުދިންނެއް ކިޑްނެޕް ކޮށްފި

Author
ހުސެއިން
14 ޑިސެމްބަރ 2020 06:25
0

ބަޑި ހިފައިގެންތިބި ހަގުރާމަވެރިން ނައިޖީރިއާގެ ސްކޫލަކަށް ހަމަލާދީ، އެތައްސަތޭކަ ސްކޫލު ކުދިންނެއް ކިޑްނެޕް ކޮށްފިއެވެ.

ރަސްމީ އިދާރާތަކުން މައުލޫމާތު ދޭގޮތުގައި، ނައިޖީރިއާގެ ހުޅަގު އުތުރުން އޮންނަ ސިޓީއެއް ކަމުގައިވާ، ކަންކާރާގަ ހުންނަ ސެކެންޑްރީ ސްކޫލަށް ދިން މިހަލާއަށްފަހު އަދިވެސް އެ ސްކޫލުގައި ކިޔަވާ 300 ކުދިން ފެނިފައިފައެއް ނުވެއެވެ.

ސައިކަލްތަކެއްގައި ދުއްވާފައި އައި، ހަތިޔާރު އެޅިމީހުން، ހަމަ އެކަނި ފިރިހެން ކުދިން ކިޔަވާ، "ގަވަރމަންޓް ސައިންސް ސްކޫލް"އަށް ހަމަ ލޭން ފެށުމާއެކު، ގިނައަދަދެއްގެ ކުރިން ސްކޫލް ދޫކޮށް، ކައިރީގެ އޮތް ޖަންގަލިތަކަށް ވަދެ ފިލާފައިވާ ކަމަށްވެސް އިދާރާތަކުން މައުލޫމާތު ދީފައި ވެއެވެ. އަދި ފުލުހުންނާ މިމީހުންނާ ދެމެދު ބަޑީގެ ހަމަލާތައް ވަނީ ބަދަލު ކުރެވިފައެވެ.

"މިހާތަނަށް އައިއިރު، 333 ކުދިން އަދި ވަނީ ނުފެނި،" ކަސްޓިނާ ސްޓޭޓްގެ ގަވަރުނަރ އަމިން މަސާރި ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ބޯޑިން ސްކޫލުގައި ޖުމްލަ 839 ދަރިވަރަކު ތައުލީމު ހާސިލް ކުރަމުން ދެއެވެ.

މަސާރި ވިދާލުވާ ގޮތުގައި، ހަމަލާ ދޭންފެށުމާއެކު، ސްކޫލު ދޫކޮށް ފިލި ކުދިން މިހާރު އެބުރި އަންނަން ފަށާފައިވާ ކަމަށާއި، އަދި ބައެއް ކުރިން ފިލުމަށްޓަކާ ސްކޫލް ދޫކޮށް ދުރު ހިސާބުތަކަށް ގޮސްފައިވާކަމަށެވެ.

"ހަގުރާމަވެރިންގެ ހަމަލާގައި ކިޑްނެޕް ކޮށްފައިވަނީ ކިހާކުދިންނެއްކަން ސާފުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިޔަށް،" މަސާރި ވިދާޅުވިއެވެ.

ބެލެނެވެރިންނާ ތިމާގެ މީހުން ސްކޫލު ދޮށަށް އެއްވެ، ގެއްލިފައިވާ ކުދިން ހޯދުމަށް އެދި އާދޭސް ކުރަމުންދާ ކަމަށްވެސް މާސަރި ވިދާޅުވިއެވެ.

"ސަރުކާރުން އެހީތެރި ނުވާކަމަށް ވާނަމަ، ގެއްލިގެން ގޮސްފައިވާ ކުދިން ހޯދޭނެ އެއްވެސް ގޮތެއް އަހަރުމެންނަކަށް ނެތް." ހަގުރާމަ ވެރިން ކިޑްނެޕް ކޮށްފައިވާ ކަމަށް ބެލޭ ކުއްޖެއްގެ ބައްޕަ މުރުޖާ މުހައްމަދު ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

ނައިޖީރިއާގެ ޑިފެންސް މިނިސްޓަރ މޭޖަރ ޖެނެރަލް ބަޝީރު ސާލިހީ-މަގަޝް ވިދާޅުވީ، ހަގުރާމަވެރިން ކިޑްނެޕް ކޮށްފައިވާ ކުދިން އަބުރާ ހޯދުމަށް އަސްކަރިޔާއިން މިހާރު ގެންދަނީ މަސައްކަތް ކުރަމުންނެވެ.

"ކިޑްނެޕް ކުރި ކުދިން ބައިތިއްބާފައި ތިބި ތަންތަނާ ގުޅޭ މައުލޫމާތުވެސް، މި ހަގުރާމަވެރިންގެ ހަރަކާތްތަކާ އަދި މިމީހުން އޮޕަރޭޝަންތައް ހިންގާ ގޮތުގެ ޖާސޫސީ މައުލޫމާތުވެސް އަހަރުމެން އަތުގައި އެބަހުރި،" ޑިފެންސް މިނިސްޓަރ ސާލިހީ-މަގޭޝް ވިދާޅުވެފައި ވެއެވެ.

މިހަމަލާގެ ޒިންމާ އަދި މިހާތަނަށް އައިއިރު އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ. އަދި މި ސަރަހައްދަކީ، 2009 ވަނަ އަހަރު ނައިޖީރިއާގައި، އެމީހުން ބޭނުންވާ ޒާތުގެ އިސްމީ ވެރިކަމެއް ގާއިމް ކުރުމަށް ހަގުރާމަ ކުރަންފެށި ބޮކޯ ހަރާމުން ހަރަކާތްތެރި ވަމުންދާ ސަރަހައްދާއި ވަރަށް ދުރުގައި އޮންނަ ސަރަހައްދެކެވެ.

2018 ވަނަ އަހަރު ބޮކޯ ހަރާމުން ވަނީ، ނައިޖީއާގެ އިރު އުތުރުން އޮންނަ ދަޕްޗި ނަމަކަށް ކިޔާ ޓައުންއަކުން 100 އަންހެން ކުދިން ކިޑްނެޕް ކޮށްފައެވެ. މީގެ 6 އަހަރު ކުރިން، 2014 ވަނަ އަހަރު، ބޮކޯ ހަރާމުން ވަނީ، ނައިޖީރިއާގެ ޒިބޮކް ނަމަކަށް ކިޔާ ޓައުނުން 270 އަންހެން ކުއްޖަކު ކިޑްނެޕް ކޮށްފައެވެ.

ނައިޖީރިއާގެ އެޑިއުކޭޝަން ކޮމިޝަނަރ ވިދާޅުވާ ގޮތުގައި، މި ސްކޫލަށް ހަމަލާ ދިނީ ކޮންބައެއް ކަމާއި އަދި މިމީހުންގެ ހަގީގީ މަގުސަދު އެގިފައި ނުވާތީ، ކަޓްސިނާ އަވަށުގެ ހުރިހާ ސްކޫލެއް ބަންދުކޮށްފައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.