"ދޯ ޕައްތީ"ގެ ޝޫޓިން ނިންމާލައިފި

"ދޯ ޕައްތީ"ގެ ޝޫޓިން ނިންމާލައިފި

Author
ފާތިމަތު ނާވީ
22 ޑިސެމްބަރ 2023 10:52
0

ބޮލީވުޑްގެ ތަރިން ކަމަށްވާ ކާޖޮލް އާއި ކްރިތީ ސެނަން އެކުގައި ފެނިގެންދާ ދެވަނަ ފިލްމް "ދޯ ޕައްތީ" ގެ ޝޫޓީން ނިންމައިލައިފިއެވެ.

ނެޓްފްލިކްސްއާ ގުޅިގެން މިސްޓްރީ ތުރިލާ ޖޯންރާ ސްޓައިލަށް ގެނެސްދޭ މި ފިލްމަކީ ކްރިތީގެ އަމިއްލަ ފިލްމު ކުންފުނި، ބްލޫ ބަޓަފްލައި ފިލްމްސް އާއި ސްކްރީން ރައިޓަރު ކަނިކާ ދިލަންގެ ކާތާ ފިކްޗާސް ގުޅިގެން އުފައްދާ ފުރަތަމަ ފިލްމެވެ. ޝަޝަންކާ ޗަތުރަވެދީ ޑައިރެކްޓްކުރި ފިލްމު އަންނަ އަހަރު ނެޓްފްލިކްސް އިން ގެނެސްދޭނެ އެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

 

View this post on Instagram

 

A post shared by Netflix India (@netflix_in)

މި ދެތަރިން އެކުގަިއ ފެނިގެންދިއައީ 2015 ވަނަ އަހަރުގައި ރޯހިތް ޝެޓީ ގެނެސްދިން ފިލްމް "ދިލްވާލޭ" އިންނެވެ. މިފިލްމް އަކީ ކާޖޮލް އާއި ކްރިތީ އެކުގައި ފެނިގެންދިއަ ފުރަތަމަ ފިލްމްއެވެ. މި ފިލްމްގައި ވަރުން ދަވަން އަދި ޝާހުރުކް ހާންވެސް އެދެތަރިންނާއި އެކުގައި ފެނިގެންދިއައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.