ބަންގްލަދޭޝް ލޭބަރުން އަލުން ރާއްޖެ ގެނެވޭ ގޮތް ހެދީ ގާނޫނާ ހިލާފަށް: ފައްޔާޒު

ބަންގްލަދޭޝް ލޭބަރުން އަލުން ރާއްޖެ ގެނެވޭ ގޮތް ހެދީ ގާނޫނާ ހިލާފަށް: ފައްޔާޒު

ގުޅުންހުރި

ބަންގްލަދޭޝުން ރާއްޖެއަށް ލޭބަރުން ގެނައުން މަނާކޮށްފައި އޮންނަތާ ހަތަރު އަހަރު ފަހުން، ބަންގްލަދޭޝަން އަންސްކިލްޑް ލޭބަރުން އަލުން ގެނެވޭ ގޮތަށް މިއަދު ބަދަލު ގެނެސްފައިވަނީ ވަޒީފާއާބެހޭ ގާނޫނާ ޚިލާފަށް ކަމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިގެން ވިދާޅުވެފައިވވަނީ،، ރާއްޖެއަށް ބަންގްލަދޭޝްއިން ލޭބަރުން އެތެރެކުރުން މިނިސްޓްރީ އޮފް ހޯމްލޭންޑް އެންޑް ޓެކްނޮލޮޖީން އަލުން ހުއްދަ ކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ވަޒީފާއާބެހޭ ގާނޫނުގައިވާ ގޮތުން، އެއް ގައުމަކުން ރާއްޖެއަށް ވަޒީފާ އަދާކުރުމަށް އެންމެ ގިނައިން މީހުން ގެނެވޭ އަދަދަކީ އެއްލައްކަ މީހުންނެވެ. ރާއްޖޭގައި މިވަގުތު ވެސް 139,220 ބަންގްލަދޭޝް މީހުން މަސައްކަތް ކުރަމުން ދެއެވެ.

ފައްޔާޒުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ، މިބަދަލު ގެނެސްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށާއި، މި ބަދަލު ގެނައުމުގެ ކުރިން ވަޒީފާއާބެހޭ ގާނޫނަށް ބަދަލު ގެންނަންޖެހޭނެ ކަމަށެވެ.

ބަންގްލަދޭޝުން ރާއްޖެއަށް ލޭބަރުން ގެނައުމަށް ހުއްދަ ދޭން ފެށުމުން، އެހެން ގައުމުތަކުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން މިވަގުތު ގެނައުން މަޑުޖައްސާލަފައިވާ ކަމަށް ވެސް މިނިސްޓްރީ އޮފް ހޯމްލޭންޑް އެންޑް ޓެކްނޮލޮޖީން ކުރި އިއުލާނެއްގައި ބުނެފައިވެއެވެ. ނަމަވެސް މިއަދުގެ ނިޔަލަށް އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަޕްލޯޑްކޮށްފައިވާ ޑޮކިއުމަންޓްތައް ޕްރޮސެސްކޮށްދޭނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ބަންގްލާދޭޝް ލޭބަރުން ރާއްޖެ ގެނައުން މަނާކުރީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އޭރުގެ ސަރުކާރުން 2019 ވަނަ އަހަރުއެވެ. އޭރުގެ ސަރުކާރުން ކަނޑައެޅީ ކޮންމެ ޤައުމަކުންވެސް ރައްޖެގެނެވޭނީ 150،000 މީހުންކަމަށެވެ. އެޢަދަދަށްބާލައިރު ބަންގްލަދޭޝަންގެ ލޭބަރުންގެ ޢަދަދު ހަމަވާކަމަށް އޭރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެފައިވެއެވެ.

ފައްޔާޒް އޭރު ވިދާޅުވެފައިވަނީ، ބަންގްލަދޭޝްގެ 144،607 މީހަކު ރާއްޖެ އެތެރެވެ، އޭގެ ތެރެއިން 63،000 އަށްވުރެ ގިނަމީހުން ޤަވާއިދާ ޚިލާފަށް އުޅެމުން އަންނަކަމަށެވެ.

ހޯމްލޭންޑު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މިއަދުން ފެށިގެން ބަނގްލަދޭޝްއިން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން ގެނެވޭގޮތަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެެވެ. އަދި އެހެން ގައުމުތަކުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން މިވަގުތު ގެނައުން މަޑުޖައްސާލާފައިވާ ކަމަށާއި، ނަމަވެސް މިއަދުގެ ނިޔަލަށް އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަޕްލޯޑް ކޮށްފައިވާ ޑޮކިއުމަންޓްތައް ޕްރޮސެސް ކޮށްދެމުންގެންދާނެ ކަމަށް ބުނެފައިވެއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އިމިގްރޭޝަނުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ