މޭޔަރު ކަމަށް ވާދަކުރެއްވުމަށް އާޒިމް އާއި އާޒިމާ ފޯމް ހުށަހަޅުއްވައިފި

މޭޔަރު ކަމަށް ވާދަކުރެއްވުމަށް އާޒިމް އާއި އާޒިމާ ފޯމް ހުށަހަޅުއްވައިފި

ގުޅުންހުރި

މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ، އާދަމް އާޒިމާއި އާއި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ.

އާޒިމް އާއި އާޒިމާގެ ތެރެއިން އާޒިމް މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޓިކެޓުގައެވެ. އަދި އާޒިމާ ވާދަކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައެވެ. އާޒިމާގެ އިތުރުން، ޕީޕީއެމް/ޕީއެންސީ އަދި އެމްޑީޕީން ކައުުންސިލްގެ ހުސްވެފައިވާ ތިން ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުން ވެސް މިއަދު ވަނީ ފޯމް ހުށަހަޅުއްވައިފައެވެ.

މޭޔަރުގެ ގޮނޑިއަށް ބޭފުޅަކު އިންތިހާބު ކުރުމަށާއި ހުސްވެފައިވާ ތިން ދާއިރާ އަށް ބޭފުޅުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ 13 ގައެވެ.

މާލޭގެ މޭޔަރުގެ މަގާމް ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. އަދި ތިން ކައުންސިލަރަކު އިސްތިއުފާ ދެއްވާފައި ވަނީ ސަރުކާރުގެ އެކިއެކި މަގާމުތަކަށް ވަޑައިގަތުމަށެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ދެން ފާޅު ކުރައްވާފައި ވަނީ ޑިމޮކްރެޓްސްގެ ފަރާތުން، ސިޓީ ކައުންސިލްގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ޕާޓީ، ޕީއެންއެފްގެ ފަރާތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ