ވިނަރެސް ފްލެޓްތަކުގެ ތެރެއިން ބާކީ ހުރި ފްލެޓްތައް ދިނުމުގައި، އެ ފްލެޓްތައް ކުރިން ލިބި މައްސަލަތައް ކުރިމަތިވި ފަރާތްތަކަށް އިސްކަން ދޭނެ ކަމުގައި އާބަންކޯގެ އެމްޑީ ފަޒުލް ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ހިފާ ފެލެޓްތަކަށް ދެއްވަން ވައުދުވި 200،000 ހިޔާ ފްލެޓްތަކަށް ދިނުމަށް ހަމަޖައްސާފައިވާ އުސޫލުތަކާއި ގުޅޭ އިތުރު މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ ވިނަރެސްގެ ބާކީ ފްލެޓްތައް ދިނުމުގައި ހައުސިން މަޝްރޫތަކުން ފްލެޓް ގަނެފައިވާ ފަރާތްތަކަށް އިސްކަމެއް ދޭނެ ކަމުގައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމި ނިންމުމާ އެއްގޮަތަށް، ވިނަރެސް ފްލެޓްތަކުގެ ޑައުން ޕޭމަންޓުގެ %50 ކަނޑާލަން ކުންފުނީގެ ބޯޑުން މިއަދު ނިންމާފައިވާ ކަމުގައެވެ. އަދި އޭނާ ވިދާޅުވީ މި ނިންމުމާ އެއްގޮތަށް ކުރިން ޑައުން ޕޭމަންޓް ދައްކާފައިވާ ފަރާތްތަކަށްވެސް ސެޓްލްމަންޓް ހަދާ ދޭނެކަމުގައެވެ.
ކުރިން 19،000 އަށް ދޭ އެޕާޓްމަންޓްއިން 4،200 އުނިވެގެން އެ ދިޔައީ. މި ގެނެވުނު ބަދަލަކީ ކުރިން ނުވަ އިންސަތްތައި އިންޓްރަސްޓް ރޭޓް އޮތް އޮތުން އިއްޔެގެ ކެބިނެޓްގެ ނިންމުމާއި އެކުގައި ހަ އިންސައްތައަށް ކުޑަވެގެން މި ދިޔައީ. މިއީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާ ހިސާބަށް ވިނަރެސް ފްލެޓް އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ 600 އެއްހާ މީހުންކަމަށާއި އެވާޑް ސިޓީ ދޫކޮށްފައިވާ ފަރާތްތަކާއެކީ ސޮއި ކުރުމުގެ މަސައްކަތްވެސް ކުރިޔަށް ދާކަމުގައެވެ.
ސޮއިކުރުމަށް އައިއައުން ކުޑަކޮށް މަޑުޖެހިލާނެ. މިހާރު ގެނައި ބަދަލުތަކާއިއެކުގައި ރީއެޖެސްޓްމެންޓްތަކާއި އެކުގައި ސޮއިކުރުމުގެ މަސައްކަތްތައް ކުރިއަށްދާނީ.
ފަޒުލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަންނަ ރޯދަމަހުގެ ކުރިން އެ ސަރައްހަދުގެ މަގުތައްވެސް ހަދާ ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ.
One Response
އެމްޑީޕީ ގެސަރުކާރުގައި އޮތީ ހައެއް އިން ސައްތަ އަށް ކުލިކުޑަކޮށްފައި. ވީމާ ތިޔަވިދާލުވިީ އަނެއްކާވެސް އެވަރަށޭތޯ އޮންނާނީ ވިނަރެސް ފްލެޓް ތައް.