ހިޔާ ފްލެޓްތަކުގެ ޖުމްލަކުލިން ބާކީބައި އުނިކޮށް ރައީސްގެ ވައުދު ފުއްދައިފި

ހިޔާ ފްލެޓްތަކުގެ ޖުމްލަކުލިން ބާކީބައި އުނިކޮށް ރައީސްގެ ވައުދު ފުއްދައިފި

ހިޔާ ފްލެޓްކުގައި ދިރިއުޅޭ ފަރާތްތަކަށް، އެތަންތަން ހެދުމަށް ހިނގި ޚަރަދަށްވާ 200،000 ރުފިޔާ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދޭން ރައީސް ވެވަޑައިގެންނެވި ވައުދު ފުއްދުމުގެ ގޮތުން، ފްލެޓްތަކުގެ ޖުމްލަ ކުލިން އެއްލައްކަ ރުފިޔާ އުނިކުރާ ގޮތަށް އާބަންކޯއިން ހަމަޖައްސައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އެކުންފުނި ހިންގުމާ އަލަށް ހަވާލުވި އާ އެމްޑީ ފަޒުލް ރަޝީދު ވިދާޅުވީ ހިޔާ ފްލެޓްގެ ޖުމްލަށް ކުއްޔަށް މި ގެނައި ބަދަލާއެކު ހިޔާ ފްލެޓްގެ ކުލި ދެން ދައްކަން ޖެހޭނީ 26 އަހަރާއި 3 މަހަށް ކަމަށެވެ.

އާބަންކޯއިން ކުއްޔަށް މިގެނައި ބަދަލުގެ މައުލޫމާތު އަރުވާފައި މިވަނީ، އިއްޔެ ރައީސް ބޭއްވި ނޫސްވެރިންގެ ބައްދަަލުވުމުގައި، ހިޔާ ފްލެޓްތަކުގެ ކުއްޔަށް އަންނާނެ ކަމަށް ބަދަލުތަކާއެކު، ރައީސް މުއިއްޒު ފްލެޓްތަކަށް ދެއްވަން ވިދާޅުވި ދެލައްކަ ހަމަނުވާތީ ގިނަބައެއްގެ ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ.

އިއްޔެ ނިންމުމާއި ގުޅިގެން ހިޔާގެ ކޮންމެ ފްލެޓަކަށް 3984.21ރ ކުރިއަށް އޮތް ހަތް އަހަރު ދުވަހަަށް، އެއީ މި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކުލި ދައްކަން އޮތްގޮތަށް ފާސްވެގެން މިއައީ. ކުރިން 2.25 މިލިއަން ރުފިޔާގެ އެއްޗެއްގައި އިން އަގުގައި ދެ ލައްކައެއްހާ ރުފިޔާގެ ޑިސްކައުންޓް ލިބިގެން މިއައީ.

ފަޒުލް ރަޝީދު ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ މިއައި ބަދަލާއެކު 27 އަހަރުން ދައްކަންޖެހޭ ކުއްޔެއް 26 އަހަރަށް ކުޑަވެގެން ދިޔައީ ކަމުގައެވެ. އަދި މި ބަދަލު ގެނެވުނީ ރައްޔިތުންނަށްވެސް އަދި ދައުލަަތަށްވެސް ބުރަ ކުޑަވެގެން ނދާނޭ ގޮތުގެ މަތިންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންވީމަ ހަތް އަހަރު ދުވަހަށް މި ބަހާލެވެނީ އޭގެ ވަކި އަދަދެއް، އެ އެއްލައްކަ ރުފިޔާ މި ބަހާލެވެނީ ހަތް އަހަރު ދުވަހަށް، ދެން އެެއް ލައްކަ ރުފިޔާ ކެނޑިގެން މި އަންނަނީ، ކެނޑިގެން އައުމުގެ އޭގެ ނަތީޖާއެެއްގެ ގޮތުން މިހާރު ހިޔާގައި ތިބި ރައްޔިތުންގެ އެގްރީމެންޓްތައް އަޅުގަނޑުމެން މުރާޖައާ ކުރާއިރު، 27 އަހަރު އޮތް އޮތް 26 އަހަރާއި ތިން މަހަށް ބަަދަލު ވެގެން މި ދިޔައީ. އެހެންވީމަ މި ލުއި ހިޔާގެ ރައްޔިތުންނަށް މި ލިބިގެން ދިޔައީ ރައީސްގެ ނިންމެވުމާއި އެއްގޮތަށް.

މިއަދު މި ގެނެވުނު ބަދަލުގެ ތަފްސީލު ދެއްވަމުން ފަޒުލް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *